ގއ. ވިލިނގިލީ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ލޯންޗެއް ނެރުގައިޖެހި ހިނގި އެކްސިޑެންޓެއްގައި 2 މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ 5 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ގއ. ވިލިނގިލި ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުގައި ޖެހި ހިނގި ހާދިސާގައި، އޭގެތެރެއިން ދެމީހަކު ކަނޑަށް ވެެއްޓި ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި، ގެއްލުނު 2 މީހުން ފަހުން ފެނިފައިވާ ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް 2 މީހުން މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ލޯންޗުގައި ތިބި ިއތުރު 3 މީހުންނަށް އަނިޔާވެގެން ވިލިނގިލި ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
މިހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.