ރާއްޖޭގެ އެންމެ ފުޅާ ދާއިރާއަކަށް މުއާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކުށްދެމުންދާ ދިރާގުން، ހުޅުމާލެ ދެވެނަ ފިޔަވަހީގައި އާބާދުވަމުންދާ ހިޔާ ކަސްޓަމަރުންނަށް ވަރަށް ޙާއްސަ ޕްރޮމޯޝަނެއް ހުޅުވާލައި ނަސީބުވެއި ފަރާތްތައް އިއުލާން ކޮށްފިއެވެ.

އެގޮތުން، ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ދިރާގު ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޚިދުމަތައް އެދުނު ފަރާތްތަކުގެ ތެރޭން ގުރުއަތުން ހޮވުނު ނަސީބުވެރި ތިން ފަރާތަކަށް ޖުމްލަ 50،000 ރ. ވަނީ ލިބިފައެވެ.

ފުރަތަމަ ނަސީބުވެރި ފަރާތް ކަމުގައިވައި އަބްދުލް ރަހުމާން ޙަސަންއަށް 25،000 ލިބިގެންދިޔައިރު، ދެވަނައަށް ހޮވުނު ނަސީބުވެރިޔާ، އަހުމަދު ނާޒިމްއަށް 15،000 ރުފިޔާ އަދި ތިންވަނަ ނަސީބުވެރިޔާ އަހުމަދު ޝިޔާމްއަށް 10،000 ރުފިޔާ ވަނީ ލިބިފައެވެ.

މީގެ އިތުރުން ދިރާގު ފައިބަރ ބްރޯޑްބޭންޑްއަށް އެދޭ ކަސްޓަމަރުންނަށް ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ރައުޓަރ އެއްވެސް ވާޏީ ލިބިފައެވެ. އަދި ދިރާގު ޓީވީއަށް އެދޭ ކަސްޓަމަރުންނަށްވެސް ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ޖޯއިބޮކްސް (ޑީކޯޑަރ) އެއްވެސް ވަނީ ލިބިފައެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކްއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 84 އިންސައްތައަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 82 ރަށެއް ހިމެނެއެވެ. އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ.

ކޮންޓެމްޓް ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 84 އިންސައްތަ ރަށަކަށް ދިރާގުޓީވީގެ ހިދުމަތް ފޯރިކޮށްދީފައެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލް އަދި މުނިފޫހިފިލުވުމުގެ ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ޕްރޮމޯޝަންތައް ތައާރަފުކުރުމަށްކަމަށް އެކުންފުނިން ބުނެއެވެ.