އުރީދޫ މޯލްޑިވްސް އިން ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް ފޯރިއާއި އެކު ވޯލްޑް ކަޕް ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "އުރީދޫ ވޯލްޑް ކަޕް ފޯރި" ކެމްޕޭން ރަސްމީކޮށް ފަށާއިފިއެެވެ.
ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށްދިޔަ މި ކިކް އޮފް އިވެންޓްގައި ޓީމް އުރީދޫ އާއި ޓީމް ހާޑް ރޮކް ހޮޓެލްގެ ފަރާތުން ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ.
މި ހަފްލާ އިފްތިތާހުކޮށްދެއްވީ ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެގެ މިނިސްޓަރ، އަހްމަދު މަހުލޫފުއެވެ.
މި ހަފްލާގައި ވޯލްޑް ކަޕް 2022 ގެ އޮފިޝަލް މެޗް ބޯޅަ "އަލް ރިހްލާ" ބޯޅައިގައި މިނިސްޓަރ ޖެއްސެވި ކިކާ އެކު އުރިދޫ މޯލްޑިވްސްގެ ވޯލްޑް ކަޕް ފޯރީގެ ހަރަކާތްތަށް ރަސްމީގޮތުން ފެށިގެން ދިޔައެވެ.
މި ހަފުލާގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ވަނީ ވަރލްޑް ކަޕް ފުޓްބޯޅަ ސީޒަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް ކުލަގަދަ އަދި ފޯރިގަދަ ވަގުތުތަކަކަށް ހެދުމަށް އުރީދޫ މޯލްޑިވްސް އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ހަބޭސް ބޮޑުބެރު އަދި ރާއްޖޭގެ ރެޑްބުލް ފްރީ ސްޓައިލް ޗެމްޕިއަން މުހައްމަދު ސައިފް ޒާހިރުގެ ހާއްސަ ހަރަކާތްތަކާއެކު މި އިވެންޓް އިތުރަށް ފޯރިގަދަވެގެން ދިޔައެވެ.
ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ އޮފިޝަލް މިޑްލް އީސްޓް އެންޑް އެފްރިކާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުގެ ގޮތުގައި އިއުލާނުކުރީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އުރީދޫ ގްރޫޕުން ފީފާ އަދި ވޯލްޑް ކަޕް 2022އަށް ދޭ މި ވަރުގަދަ އެއްބާރުލުމާ އެއްގޮތްވާ ގޮތުގެ މަތިން، އުރީދޫ މޯލްޑިވްސް އިން ވެސް ރާއްޖޭގައި ތިބި ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަަކަށް ކުލަގަދަ އަދި އުފާވެރި ފުޓުބޯޅަ ފެސްޓިވަލެއް ތަޖުރިބާކުރުމުގެ މަގުފަހިކޮށްދިނުމަށް އުރީދޫއިން ވަނީ މަސައްކަތް ފަށާފައެވެ.
ފީފާ ވޯލްޑް ކަޕް ގަތަރު 2022 ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ނޮވެމްބަރ އިން 18 ޑިސެމްބަރ 2022 ގައެވެ.