ކުޑަކުދިންނަށް ހާއްސަކޮށް ވީޓީވީން ގެނެސްދޭ "ހިނގާ ކުރަހަމާ އަސްރަފީއާއެކު"، މި ޕްރޮގްރާމްގެ ޕްރިންޓިންގ އަދި ކްލޯތިން ޕާޓްނަރެއްގެ ގޮތުގައި ޕްރިންޓްލައިނާއެކު ވީޓީވީން އެމްއޯޔޫއެންގައި ސޮއިކޮށްފިއެވެ.

އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވީޓީވީގެ ފަރާތުން ސޮއިކުރެއްވީ ވީމީޑިއާގެ ސީސީއޯ އަހުމަދު އުމަރެވެ. ޕްރިންޓްލައިންގެ ފަރާތުން ސޮއިކުރެއްވީ ޕްރިންޓްލައިންގެ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރ އަލީ ރިފަތެވެ.

މި ޕްރޮގްރާމްގެ ކާމިޔާބު ފުރަތަމަ ސީޒަނަކަށްފަހު މިހާރު ދެވަނަ ސީޒަން ފަށައިގެން ކުރިއަށް ގެންދާއިރު، މިސީޒަންގައިވެސް ކުޅަދާނަ އާރޓިސްޓް އަހުމަދު ނިމާދު (އަންދު) އާއި ޑޫޑްލް އަރޓިސްޓް މަރިޔަމް ލީން އާއި ފާތިމަތު ޖުނައިނާ (ޖުނޭ)ގެ ތަފާތު އަރޓްވޯކްތައް ފެނިގެންދެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވީމީޑިއާގެ ސީސީއޯ އުމަރު ވިދާޅުވީ، ޕްރިންޓްލައިނާއެކު މި އެއްބަސްވން އެކުލަވާލީތީ އުފާކުރައްވާ ކަމަށާއި، މިއީ މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ލިބުނު އިތުރު ބާރެއް ކަމަށެވެ.

ވީމީޑިއާގެ ފުދޭވަރަކަށް މަޝްހޫރު ޕްރޮގްރާމެއް ފުދޭވަރަކަށް ނޫން އަޅުގަނޑު ދަންނަވާނީ، ބެލެނިވެރިންނާއި ކުޑަކުދިންގެ ދެމެދުގައި ވަރަށްވެސް މަގްބޫލްކަން ހޯދާފައިވާ ޕްރޮގްރާމެއް. މި ޕްރޮގްރާމަކީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް، އަދި ހަމަ އެހެންމެ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ލިބުނު ބާރެއް ގޮތުގައި ވީޓީވީ ވަރަށް އުފާވެރި ކަމާއެކު އަޅުގަނޑުމެން ފާހަގަކުރަން.
ވީމީޑިއާގެ ސީސީއޯ އަހުމަދު އުމަރު

ރަސްމިއްޔާތުގައި ވާހަކަދައްވަމުން ޕްރިންޓްލައިންގެ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރ ރިފަތު ވިދާޅުވީ، ޕްރިންޓްލައިން އިން ފޯރުކޯށްދޭ ޚިދުމަތްތަކުގެ ތެރޭގައި އާރޓް ޕްރިންޓިންގ ހިމެނޭ ކަމަށާއި، މި ޕްރޮގްރާމެކޭ އެއްފަދައިން އާރޓް ޕްރޮމޯޓްކުރުމަކީ ޕްރިންޓްލައިން އިންސްޕަޔަރ ކުރާ ކަމެއް ކަމަށެވެ.

ޕްރިންޓްލައިނަކީވެސް ވަރަށް ފުޅާ ދާއިރާއެއްގައި ޕްރިންޓިންގ ސޮލިއުޝަންސްތައް ދެމުން އަންނަ ބަޔަކަށް ވާތީ، އަޅުގަނޑުމެން ނިންމީ ކުރަހަމާ ޕްރޮގްރާމަކީވެސް އަރޓް ކުރިއަރުވައި ކުޑަކުދިންގެ މެދުގައި ވަރަށް މަގްބޫލް ޕްރޮގްރާމަކަށް ވީތީ، އަޅުގަނޑުމެންވެސް ވަރަށް ބޮޑަށް ޝައުގުވެރިވި މި ޕްރޮގްރާމާއެކީ ސްޕޮންސަރ އެއްގެ ގޮތުގައި ކުރިއަށް ދާން.
ޕްރިންޓްލައިންގެ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރ އަލީ ރިފަތު

ޕްރިންޓްލައިން އިން ސްޕޮންސަރކޮށްފައިވާ ކޮސްޓިއުމް ޕްރޮގްރާމްގެ ޕްރެޒެންޓަރުންނާއި ހަވާލުކޮށްދީފައިވާއިރު، އާރޓިސްޓް އަންދު ބުނި ގޮތުގައި އެފަދަ ކަސްޓަމައިޒްޑް ކޮސްޓިއުމެއް ލިބިގެން ދިއުމަކީ ޕްރޮގްރާމަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދިޔަ ކަމެއް ކަމަށެވެ.

މިކަހަލަ ކަސްޓަމައިޒްޑްކޮށް ކްލޯތިން ޕާޓްނަރ އަކާއެކު ކުރިއަށް ދިއުމަކީ ޕްރޮގްރާމަށް ލިބުނު އިތުރު މުއްސަނދި ކަމެއް. މިކަހަލަ ކަސްޓަމައިޒްޑްކޮށް ޓީޝާޓް އަދި ކްލޯތިން ޕާޓްނަރ އަކާއެކު ކުރިއަށް ދިއުން. އަދި މީޑިއާ ލާޖް ސްކޭލް ބިލްބޯޑްތައް، އަންދު ގަބޫލްކުރަނީ ހަމަ ކުރިންވެސް އަންދު މެންގެ ބިލްބޯޑުތައް މާލެއާއި ހުޅުމާލޭގައި ބެހެއްޓުން ގޮތަށް އަނެއްކާވެސް އެ ފުރުސަތު ޕްރިންޓްލައިން ތްރޫކޮށް ވާނެ ކަމަށް.
ހިނގާ ކުރަހަމާގެ ޕްރެޒެންޓަރ، އާރޓިސްޓް އަހުމަދު ނިމާދު (އަންދު)

މި ޕްރޮގްރާމް ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު 4:00 އިން 5:00 އަށެވެ. ހުކުރު ދުވަހުގެ ޕްރޮގްރާމްގައި ވަރަށް ހާއްސަ ސަޕްރައިޒެއް ފެނިގެންދާނެ ކަމަށް އަންދު ވަނީ ބުނެފައެވެ.