ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ބާއްވަ ވަޒީފާގެ މައުޒަރުގައި، އެ ޔުނިވާސިޓީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތަކުން ބައިވެރިވާނެކަމަށް އެމްއެންޔޫއިން ބުނެފިއެވެ.
މިމަހުގެ 31 ވަނަ ދުވަހު ކުރިޔަށްގެންދިޔުމަށް ނިންމާފައިވާ މި އިވެންޓު ކުރިއަށްދާނީ އެދުވަހުގެ ހަވީރު 04:00 އިން ރޭގަނޑު 10:00 އަށް އެމްއެންޔޫގެ އިދާރީ މަރުކަޒުގައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެންމެ ފުރަތަމަ ބާއްވާ ވަޒީފާ މައުރަޒަކީ، ރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާ ފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާޢިރާތަކުން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކާއި ގުޅުވާލަދޭ ބާޒާރެކެވެ.
އެމްއެންޔޫއިން ބުނީ، ވަޒީފާގެ މައުޒަރުގައި، އެޔުނިވަރސިޓީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތައް ހިމެނޭ ގޮތަށް 26 ފަރާތަކުން ބައިވެރިވެފައިވާނެކަމަށެވެ.
ވަޒީފާގެ މައުޒަރުގައި ބައިވެރިވާ މުއައްސަސާތަކާއި، ކުންފުނިތައް:
-
ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
-
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް - ޖޮބް ސެންޓަރ
-
މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
-
އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ
-
މާކިޔަރ މޯލްޑިވްސް ކޫއްޑޫ ރިސޯޓް / ޕުލަމަން މޯލްޑިވްސް މާމުތާ ރިސޯޓް
-
ސީކްރެޓް ޕެރެޑައިސް މޯލްޑިވްސް
-
ކޮންސްޓެންސް މޫފުށި މޯލްޑިވްސް
-
މާލެ ވޯޓަރ އެންޑް ބެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
-
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން
-
ދިރާގު
-
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
-
ޕަބްލިކް ސަރވިސް މީޑިއާ
-
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
-
ޓްރީ ޓޮޕް ހޮސްޕިޓަލް
-
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ
-
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
-
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް
-
ކަލާރ ލޭންޑް
-
ސްޓޯން ހޮޓެލްސް މޯލްޑިވްސް
-
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
-
ޖުޑީޝަލް ސަރވިސް ކޮމިޝަން
-
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ- މޯލްޑިވްސް ބިއުރޯ އޮފްސްޓެޓިސްޓިކްސް
-
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
-
މިނިސްޓްރީ އޮފް ހެލްތު
-
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
-
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
އެމްއެންޔޫ ފަހި ފުރުސަތު ނުވަތަ އެމްއެންޔޫ ޖޮބް ފެސްޓިވަލަށް ވަނުމުގެ ފުރުސަތު ހުރިހާ އާންމުންނަށް ހިލޭ ހުޅުވާލާނެކަމަށް އެމްއެންޔޫއިން ބުނެއެވެ.
އެމްއެންޔޫއިން ބުނީ މި މައުރަޒުގެ މަގްސަދަކީ، ރާއްޖޭގައި އެކި ކަންކޮޅުތަކުގަޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކިކަހަލަ އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖްރިބާ ލިބޭނެފަދަ ފުރުޞަތުތައް އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދެވޭނެ ފަދަ މާޙައުލެއް ޤާއިމު ކޮށްދިނުންކަމަށެވެ.
އަދި އާންމުންނާއި ހިސާބަށް އެހާ ބޮޑަށް ފޯރުކޮށް ނުދެވިހުރި އެކި ކަހަލަ ފުރުސަތުތައް ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުންކަމަށެވެ. ދިވެހިރާއްޖޭގައި ހުރި އެކިހަކަލަ ސިނާއީ ފުރުޞަތުތަކާއި މިއާއި ގުޅޭނެފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި މިފަދަ ކަންތައްތަކަށް ޝައުޤުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުންކަމަށެވެ.
ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް އެފަދަ ފުރުޞަތެއް ޔުނިވަރސިޓީގެ ތެރެއިން ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމަކީވެސް މި މައުޒަރު ބޭއްވުމުގެ އަމާޒެކެވެ.
މި ސްޓޯލްތަކުގެ އިތުރުން އެމް.އެން.ޔޫ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމްގެ ކުރީގެ ދަރިވަރުންނާއި ގުޅިގެން ކެފެޓީރިއާއެއް މި ފެސްޓިވަލްގައި ހިމަނަން ނިންމާފައިވާއިރު، ކުޅިވަރުތަކާއި އެހެނިހެން މުނިފޫހި ފިލުވުމުގެ ހަރާކާތްތައްވެސް ހިނގަމުންދާނެކަމަށް އެމްއެންޔޫއިން ބުނެއެވެ.