މިދިޔަ އޭޕްރީލް މަހު ފަހުކޮޅު ރިލީޒްކުރި އެކްޓަރު ޓައިގާ ޝްރޮފްގެ އެކްޝަން ފިލްމު "ހީރޯޕަންތީ-2" އެމޭޒަން ޕްރައިމްއިން މިހާރު ބަލާލެވޭނެކަމަށް އެމޭޒަންއިން ބުނެފިއެވެ.
2014 ވަނަ އަހަރު ޓައިގާ ޝްރޮފް ބޮލީވުޑަށް ތައާރަފްވި ފިލްމު "ހީރޯޕަންތީ" ސީކުއަލްގެ މިފިލްމަށް ފުރަތަމަ ފިލްމަށް ލިބުނުވަރަށް ތަރުހީބު ނުލިބޭކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް ފިލްމުގައި ޓައިގާ ދައްކުވައިދީފައިވާ އެކްޝަން ސީންތަކާއެކު ފިލްމު ބަލާ ފޫހިނުވާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ޓައިގާ ޝްރޮފް މީގެކުރިން ފެނިފައިވާ އެކްޝަން ފިލްމު "ބާޣީ2" އަދި ބާޣީ3" ވެސް ޑައިރެކްޓްކުރި އަހުމަދު ޚާންގެ މިފިލްމުގައި ޓައިގާއާއެކު ފެނިގެންދާނީ ބަތަލާ ތާރާ ސުތާރިއާއެވެ.
ފިލްމުގައި ވަރުގަދަ ވިލެންއެއްގެ ރޯލުން ފެނިގެންދަނީ އިތުރު ތަޢާރަފަކަށް ބޭނުންނުވާ އެކްޓަރު ނަވާޒުއްދީން ސިއްދީގްއެވެ.
މިސީކުއަލްގެ ފުރަތަމަ ފެނިގެންދިޔަ ބަތަލާ ކްރިތީ ސެނަންގެ ވަރަށް ޚާއްސަ ލަވައެއްވެސް ފިލްމުގައިވަނީ ހިމަނާފައެވެ.
މިފިލްމަކީ ޕްރޮޑިއުސަރު ސާޖިދް ނަދިއާދްވާލާގެ ފިލްމު ކުންފުނީގެ ދަށުން ގެނެސްދީފައިވާ ފިލްމެކެވެ.
މިވަގުތު ހިންދީ ސިނަމާގައި އެންމެ ނަން ހިނގާ އެކްޝަން ހީރޯ ޓައިގާގެ ކުރިޔަށް ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ފިލްމު "ގަންޕަތް" ހިމެނެއެވެ. މިހާރު ޝޫޓިންގް ފެށިފައިވާ މިފިލްމުގައި ޓައިގާއާއެކު ފެނިގެންދާނީ ބަތަލާ ކްރިތީ ސެނންއެވެ.
މިފިލްމުގައި ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަނީ ޖެކީ ބަގްނާނީގެ އިތުރުން ފިލްމުގެ ޕްރޮޑިއުސަރު ވިކާ ބާލްއެވެ.