ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑިިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް ޖައިޝަން ހަމީދެވެ. އަދި ސޮކާ ވެޓެރަންސް އެސޯސިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަލީ ޝަމީމެވެ.

ދިރާގުން ބުނީ ސްކޫލްތަކުގެ ގްރޭޑް 1 އަދި 2 ގައި ކިޔަވަމުންދާ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި މާލެ ސަރަހައްދުން 20 ސްކޫލެއް ބައިވެރިވެވޭނެ ކަމަށެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން، މި މަހުގެ ހަވަނަ ދުވަހާ ހަމައަށް ހެންވޭރު ދަނޑުގައެވެ. ދިރާގުގެ ފަރާތުން ވާހަކަދައްކަވަމުން ޖައިޝަން ވިދާޅުވީ މި މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

ޒުވާން ހުނަރުތައް ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތަށް އެއްބާރުލުން ދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނަން."
އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް ޖައިޝަން ހަމީދް

ސޮކާ ވެޓެރަންސް އެސޯސިއޭޝަނުގެ ޗެއާމަން ވަނީ ދިރާގުން ވެދެއްވާ އެއްބާރުލުމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ކަމަށްވާ ދިރާގުން ދަނީ ކުޅިވަރާއި ޒުވާނުންނާ ގުޅޭ ގިނަ ކަންކަމުގައި އެއްބާރުލުން ފޯރުކޮށްދެމުންނެވެ.