ސޯލާ ނުވަތަ ބެޓެރީގެ ހަކަތައިން ދުވާ ކަޓަމަރާން ފެރީއެއް ބަންނާނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ފިނޭންސް އިން ބީލަމަށް ހުޅުވާލައިފިއެވެ.
މިމަސައްކަތަށް ބީލަން ހުށަހެޅުމާއި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ފިނޭންސް މިނިސްޓްރީގައެވެ.
ބީލަމުގައި ބައިވެރިވާން 100 ޑޮލަރު ދައްކަން ޖެހެއެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 75،000 ޑޮލަރު ހުށަހަޅަން ޖެހޭ އިރު، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 208 ދުވަސް ކަމަށް އެ މިނިސްޓަރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ތިމާވެއްޓާ ރައްޓެހި ހަކަތަ އިން ދުވާ ގޮތަށް ބަންނަން ނިންމާފައިވާ ފެރީ އަކީ ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ހިންގަމުންދާ ޕްރިޕެއަރިން އައުޓަ އައިލެންޑްސް ފޯ ސަސްޓެއިނަބްލް އެނަޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ އެޑިޝަނަލް ފައިނޭންސިންގެ ދަށުން ހިންގާ މަޝްރޫއެ ކަމަށެވެ.
މިރާއްޖެއަކުން ތިކަމެއް ނުވާނޭ ކިޔާފަ ތި ޕްރޮޖެކްޓްވެސް ފެންނަނީ ސަލާމަތް ނުވެގެން ތިއުޅޭ ގައުމަށް އަވަހަށްދޭން، އެމީހުން ތިކަމަށް ވަރަށް މޮޅުވާނެ.