މިއަދުގެ ހެނދުނުގެ ވަގުތުގައި ކުވައިތަށް ބިންހެލުމެއް އަތުވެއްޖެއެވެ.
ބައިނަލްއަޤުވާމީ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބިންހެލުން އެގައުމަށް އެރީ ރެކްޓަރ މިންގަނޑުން 4.4ގެ ބާރުމިނުގައެވެ.
މި ބިންހެލުމާ ގުޅިގެން އެއްވެސް ގެއްލުމެއް ލިބުނުކަން އަދި ކަށަވަރެއް ނުވެއެވެ.
ޔޫއޭއީގެ ނެޝަނަލް ސެންޓާ އޮފް މީޓިއޮރޮލޮޖީން ވަނީ ބިންހެލުމުގެ ބާރުމިން 5.5 އަށް ރެކޯޑްކުރެވިފައިވާ ކަމަށް ބުނެފައެވެ.
މި ބިންހެލުން އައީ ކުވައިތުގެ އަލް އަހްމަދީ ސަރަހައްދުގެ ދިހަ ކިލޯމީޓަރު އަޑިންނެވެ.
މިހާތަނަށް ކުވައިތަށް އައި ބިންހެލުމުގެ ބާރުމިން ހާމަކުރުމަށް އެކި އެޖެންސީތަކުން ރިޕޯޓުތައް ނެރެފައިވާއިރު ރާސްބެރީޝޭކްގެ ސިޓިޒަން ސިސްމޮގްރާފް ނެޓްވޯކުން ނެރެފައިވާ ރިޕޯޓުގައި ބުނީ އެގައުމަށް އައި ބިންހެލުމަކީ 4.5 މެގްނިޓިއުޑްގެ ބިންހެލުމެއް ކަމަށެވެ.
އަދި ޔޫރަޕިއަން މެޑިޓެރޭނިއަން ސިސްމޮލޮޖިކަލް ސެންޓަރ (އީއެމްއެސްސީ) އިން ވެސް ބުނެފައި ވަނީ ބިންހެލުން އެރީ 4.4 މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށެވެ.