ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިލާ ހަކަތަ އާއި ވިލާ ޓްރޭޑިންގެ ޕްރޮޑަކްޓްތައް ބައްލަވާލައްވައިފިއެވެ.

ރައީސް ޞާލިޙް ވަނީ ހޮނިހިރު ދުވަހުގެ ރޭގެ ނިއަލަށް ކުރިއަށް ދިޔަ ފުޑް އެންޑް ބެވެރޭޖް (އެފްއެންޑްބީ) ޝޯވއަށް ޒިޔާރަތްކުރައްވައި އެ ޝޯވގައި ބައިވެރިވާ ވިޔަފާރިތަކުގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި ދައްކާލަން ބަހައްޓާފައި ހުރި ޕްރޮޑަކްޓްތައްް ބައްލަވާލައްވާފައެވެ.

އެ ގޮތުން، އެމަނިކުފާނު އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވީ އެތަނުގައި ހުރި ވިލާ ޓްރޭޑިންގެ ސްޓޯލަށެވެ.

ރައީސް ޞާލިޙް ވަނީ އެ ސްޓޯލްގައި ހުރި ވިލާ މާޓްގެ ބައެއް ޕްރޮޑަކްޓްތަކުގެ އަޖުމަ ބައްލަވާފައެވެ.

ރައީސް ޞާލިޙް އެފްއެންޑްބީ ޝޯވގައި ހުރި ވިލާގެ ސްޓޯލްގައި

"ވީނިއުސް" އަށް މައުލޫމާތު ދެއްވަމުން ވިލާގެ އޮފިޝަލަކު ވިދާޅުވީ، އެތަނުގައި ހުރި ވިލާ މާޓުން ވިއްކާ އެކްސްކުލީސިވް ޖޫހެއްގެ އިތުރުން ޑްރައި ފުޑެއް ރައީސް ރަހަބެއްލެވިއެވެ. އަދި އެއަށްފަހު ވަރަށް ރަނގަޅު ކަމަށް ވިދާޅުވެ ފީޑްބެކް ދެއްވި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ރައީސް އެންމެ ފުރަތަަމަ ޓްރައިކޮށްލެއްވީ އަޅުގަނޑުމެންގެ [ވިލާ މާޓުގެ] ފެނާރ ޖޫސް. ފީޑްބެކް ދެއްވަމުން ވިދާޅުވީ ފުދޭ ވަރަކަށް ރަނގަޅު ކަމަށް ރަހަ ރަނގަޅު ކަމަށް. މީގެ އިތުރުން ޑްރައި ފުޑް ޓްރައިކޮށްލެއްވި. ރޮސްޓަރ ބްރޭންޑްގެ ޕްރޮޑަކްޓެއް އެނގޭތޯ. ހަމަ ވަރަށް ރަނގަޅު ފީޑްބެކް."
ވިލާ ޓްރޭޑިންގެ އޮފިޝަލެއް

ހުޅުމާލޭ ސެންޓަރަލް ޕާކުގައި ތިން ދުވަހަށް ކުރިއަށްދިޔަ، ފަސްވަނަ އެފްއެންޑްބީ ޝޯވގައި ހުރި ވިލާ ޓްރޭޑިންގެ ސްޓޯލްގައި މައިގަނޑު ޕްރޮޑަކްޓްތަކަށް ހުރީ ވިލާ މާޓުން ވިއްކާ އެކްސްކުލޫސިވް ޕްރޮޑަކްޓްތަކާއި ވިލާ ގޭހުގެ ޕްރޮޑަކްޓްތަކެވެ.

އެފްއެންޑްބީ ޝޯވއަކީ ދިވެހިންގެ ރަހަތައް ހެޔޮވަރުކޮށްދޭ ވަކިވަކި ކާބޯތަކެތީގެ އެންމެ ގިނަ ބާވަތްތައް ދައްކުވައިދޭ އަދި ކާބޯތަކެތީގެ ސިނާއަތުގައި ހަރަކާތްތެރިވާ ވަކި ވިޔަފާރިތައް އެއްތަންކުރުވާ އެންމެ ބޮޑު އެއް ހަރަކާތެވެ.

އެ ޝޯވގައި ވިލާގެ ސްޓޯލްގައި ހުރި ފާހަގަކޮށްލެވޭ ހާއްސަ އެކްސްކުލީސިވް އައިޓަމްތަކުގެ ތެރޭގައި، މެދުއިރުމަތީ ގައުމުތަކުގައިވާ އެއް ނަންބަރު ޑެއިރީ ސަޕްލަޔަރ އަލްމަރައިގެ އުފެއްދުންތަކާއި ރާއްޖޭގެ މާކެޓަށް އާ ވައްތަރެއްގެ ޗޮކްލެޓެއް ކަމަށްވާ "ޓޯނީޒް" އަދި "ރޯސްޓަރ" ބްރޭންޑް ލުއިކާނާގެ އިތުރުން ކުޑަކުދިންނަށް ހާއްސަ "އެޓީ" ފަދަ ބްރޭންޑްތަައް ފާހަގަކޮށްލެވެއެވެ.

މިހުރިހާ ޕްރޮޑަކްޓެއް ހިލޭ އަޖުމަ ބަލާލުމުގެ ފުރުސަތު އެފްއެންޑްބީ ޝޯވގައި ހުރި ވިލާގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހުޅުވާލިއެވެ.

ހައިރައިޒްގެ ފުޑް އެންޑް ބެވެރޭޖް ޝޯވގެ ހަރަކާތުގައި 30 ވިޔަފާރިއަކުން ބައިވެރިވިއެވެ.

ވިލާ ޓްރޭޑިންއަކީ މިއަހަރުގެ އެފްއެންޑްބީ ޝޯވގެ ކޯ-ސްޕޮންސަރެކެވެ. މިއަހަރުގެ އެފްއެންޑްބީ ޝޯވގެ މެއިން ސްޕޮންސަރަކީ ނެސްލޭއެވެ.