އިމާރާތް ކުރުމުގައި އުފެދޭ ކުނި އުކާލާ ވަގުތުތަކަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބަދަލު ގެނެސްފިއެވެ.

ވެމްކޯއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ތަންތަަނުގައި އުފެދޭ ވެއްޔާއި، ގާކުނޑިއާއި، ގަލާއި، ލަކުޑި އަދި ބޮޑެތި ކުނި އުކާލާ ވަގުތުތައް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

މި ބަދަލު ގެނަައުމަށް ހަމަޖެހިފައި ވަނީ މިމަަހުގެ 11 ވަނަ ދުވަހުން ފެށިގެން ކަމަށް ވެމްކޯއިން ވަނީ ހާމަކޮށްފައެވެ. ވެމްކޯއިން ބުނީ މި ބަދަލާއި އެކު ކުނި އުކާލެވޭނީ ކޮންމެ ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 9:00 އާ ދެމެދު ކަމަށެވެ.

މީގެ އިތުރުން ދުވަހު ކުނީގެ ގޮތުގައި ނުހިމެނޭ ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކުންފުނީގެ 'ކޯލް އެންޑް ޕިކަޕް' ޚިދުމަތް ފޯރުކޮށްދޭނެ ކަމަށްވެސް ވެމްކޯން ވަނީ މީގެ ކުރިން ބުނެފައިއެވެ.

ވެމްކޯން ބުނި ގޮތުގައި، ކުނި އުކާލުމަށް ރަޖިސްޓްރީ ކޮށްފައިވާ މީހުން އެފަދަ ކުނި ކުލީ ޕިކަޕުގައި ސައިޓަށް ގެންގޮސް ވެސް އުކާލެވޭނެ ކަމަށެވެ.