އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވާދަކުރައްވައިފި ނަމަ، އެމަނިކުފާނު ބަލި ކުރައްވަން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ފަސޭހަވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިނން ވިދާޅުވީ ކޯލިޝަނަކާއެކު ނުކުމެ ކުރިއަށް އޮތް 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ޞާލިޙް އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވުމާއި ގުޅިގެންނެވެ. މިއީ ރިޔާސީ އިންތިހާބާ ގުޅޭގޮތުން މިހާ ސާފު ޖަވާބެއް އެމަނިކުފާނު ދެއްވި ފުރަތަމަ ފަހަރެވެ.

ކުރިން ރާއްޖޭގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް އުމަރު ވިދާޅުވީ ރިޔާސީ ރޭހުގައި ރައީސް ޞާލިހް ބަލިކުރަން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ފަސޭހަވާނެ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، މި ސަރުކާރުގެ ދުވެލި ލަސްވުވުމާއި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ގިނަވުން ކަމަށެވެ. އަދި މި ސަރުކާރުން ވައުދީ މަރުތަކަށް އިންސާފު ނުލިބުމާއި މިހާތަނަށް އުފެދުނު އެންމެ މަތިބަރު ސަރުކާރަށް ވެ ނަމަވެސް ހިދުމަތް ނުލިބިވާތީ ކަމަށެވެ.

އޭނާ ވިދަލުވީ ރައީސް ޔާމީނަކީ ތަރައްގީގެ ބްރޭންޑެއް ކަމަށާއި ރައީސް ޔާމީނަށް ކާމިޔާބު ލިބޭނެ ކަމަށެވެ.

އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށެވެ. އެއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި ވަރަަށް ގިނަ މަޝްރޫއުތައް ފައްޓަވާފައިވާ ކަމަށާ ކުރިއަށް އޮތް އަހަރުތަކުގައި އެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާން ޖެހޭ ކަމަށެވެ.

އޭގެ ފަހަށް އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެންމެ ރަނގަޅު ގޮތަކީ ޕްރައިމަރީއެއް ބޭއްވުން ކަމަށާ އެމްޑީޕީން އަމަލު ކުރާނީ އަސާސީ ގަވާއިދުގައި އޮތް ގޮތަށް ކަމަށެވެ. އަދި ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނީ އެމްޑީޕީގެ ކޮންގްރެސް އިން ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ރައީސް ވިދާޅުވީ 2023 ގެ އިންތިހާބުވެސް އެއް ޕާޓީއަކަށް އެކަނި ނިކުމެ ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނަށް އޮތް ޔަގީން ކަމަކީ ކޯލިޝަނަކާއެކު ނިކުންނަވާ 2023 ކާމިޔާބު ކުރެއްވުން ކަމަށެވެ.