ދިރާގުން 145 ރުފިޔާއަށް 23 ޖީބީ ލިބޭ ޕްރޮމޯޝަނެއް ލޯންޗުކޮށްފިއެވެ.

ދިރާގުގެ ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ލޯންޗުކުރި މި ޕްރޮމޯޝަންގެ ދަށުން ހަމަ އެންމެ 145 ރުފިޔާއަށް ކޮންމެ ހަފުތާއަކު 23 ޖީބީ ލިބޭނެއެވެ.

މި ޕްރޮމޯގެ ދަށުން ދިރާގު ކޮމްބޯ އަދި ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދުވާލަކު 3 ޖީބީ ޑޭޓާ އަދި ސަޅި ވީކްލީ ޕްލޭނެއް އެކްޓިވޭޓް ކޮށްގެން ހަފްތާ ބަންދުގައި އިތުރު 2 ޖީބީ ސޯޝަލް މީޑިއާ ޑޭޓާ ލިބޭނެއެވެ.

ހަފްތާ ބަންދުގައި ސޯޝަލް މީޑިއާ އެލަވަންސްގެ ތެރޭގައި ފޭސްބުކް އިންސްޓަގްރާމް، ޓްވިޓާ، ސްނެޕްޗެޓް އަދި ފޭސްބުކް ފަދަ މަޝްހޫރު އެޕްލިކޭޝަންތައް ހިމެނެއެވެ.

މީގެ އިތުރުން، ސަޅި ވީކްލީ ޕްލޭން އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް ދިރާގު ނަމްބަރުތަކަށް އަންލިމިޓެޑް ކޯލް ކުރެވޭނެއެވެ. ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ސަޅި ޕްރީޕެއިޑް ޕްލޭންތައް އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ޑޭޓާ ޕްލޭންތަކަކީ މާކެޓުގައި އެންމެ ރަނގަޅު އަގުގައި ލިބޭ އަދި ފުރިހަމަ ޕްލޭންތަކެކެވެ.

ދިރާގަކީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ނެޓްވޯކެވެ.