ސެމްސަންގެ މޮޅު ފޯނުތަކެއް އުރީދޫ މޯލްޑިވްސް އިން ހާއްސަ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ.

އުރީދޫން ބުނީ، ސެމްސަންގްގެ ފަހުގެ މޮޅު ފޯނުތައް ގަންނަން ބޭނުންވާ ކަސްޓަމަރުން މޫލީ މެދުވެރިކޮށް ގަނެވޭނެ ކަމަށާއި އަދި މޫލީން ގަންނަ ފޯނުތައް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. މި އޮފާ ކުރިއަށް ދާނީ އޮގަސްޓް މަހުގެ ނިޔަލަށް ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ، މި އޮފާގައި ވިއްކާ ސެމްސަންގެ ފޯނުތަކުގެ އަގުތަކަކީ މި ވަގުތު މާކެޓުގައި ލިބެން ހުންނާނެ އެންމެ ރަނގަޅު އަގުތައް ކަމަށެވެ.

މި އަގުތަކަށް އެ ފޯނުތައް ވިއްކާ މުއްދަތެއް ކަނޑައަޅާފައިވާތީ ހެޔޮއަގުގައި މި ފޯނުތައް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް މި ލިބޭ ފުރުސަތު ނަގާ ނުލައި އަވަހަށް އޯޑާ ކުރަން އުރީދޫން ބުނެއެވެ.

މޫލީން ގަންނަން ބޭނުން ނުވާ ކަސްޓަމަރުންނަށްވެސް މި އޮފާއިން ފޯނު ގަނެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އަދި އެ ގޮތުން އެންމެ ކައިރީގައި ހުންނަ އުރީދޫގެ ފިހާރައިން ވެސް މި އޮފާއަށް ސެމްސަން ފޯންތައް ގަނެވޭނެއެވެ.