ށ.ފުނަދޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ށ.ފުނަދޫ ސްކޫލްގެ ރަން ޔޫބީލް ފާހަގަކުރުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ފުނަދޫ ކަންކަމަށް ބަލާއިރު، ރަށުގައި ދިރިއުޅޭ އާބާދީ ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށާއި އެއާ ގުޅިގެން ރައްޔިތުންގެ ބޯހިޔާވަހި ކަމަށް ބޭނުންވާ ކަމަށެވެ.
އެހެންކަމުން އެރަށުގެ ރައްޔިތުން އެދިފައި އޮތް ގޮތަށް، ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި އެ ރަށް ހިމަނައި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ މަސައްކަތް ފަށާނެ ކަމަށްވެސް ރައީސް ސާލިހް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރަށުގައި ތިބެ ޞިއްޙީ ޚިދުމަތް ކައިރިން ރަނގަޅަށް ލިބޭނެގޮތް ހޯދައިދިނުމަކީ، އަމާޒެއް ކަމަށާއި އެ މަސައްކަތުގެ ތެރެއިން، ހޮސްޕިޓަލަށް ބޭނުންވާ އައު ޢިމާރާތް ބިނާކުރުމުގެ މަސައްކަތްވެސް ލަސްތަކެއްނުވެ ކުރިއަށް ގެންދާނެ ކަމަށެވެ.