އެކްޓަރު ރަންބީރް ކަޕޫރުގެ ފުރަތަމަ އެކްޝަން ފިލްމު "ޝަމްޝޭރާ" ގެ ޕޯސްޓަރު ރިލީޒްކުރުމުގެކުރިން ލީކުވެއްޖެއެވެ.
އެކްޓަރު ރަންބީރު ކަޕޫރު މުހިއްމު ރޯލްއިން ފެނިގެންދާ މިފިލްމުގެ ޕޯސްޓަރު ލީކުވެފައިމިވަނީ ފިލްމުގެ ކެމްޕޭންކުރުމުގެ މަސައްކަތް ކުރިޔަށްއޮތް ހަފްތާގެތެރޭގައި ފެށުމަށް ތައްޔާރުވެފައި ވަނިކޮށެވެ. އޭގެތެރޭގައި ފިލްމުގެ ޓްރެއިލާ ލޯންޗްކުރުންވެސް ހިމެނެއެވެ.
ރަންބީރު ކަޕޫރު ފިލްމީ ދާއިރާގައި ދުރުގައި އުޅުމަށްފަހު އޭނާ ސްކްރީނުން ބަލާލުމަށް ފޭނުންވަނީ ކެތްމަދުވެފައެވެ. ފިލްމުގެ ޕޯސްޓަރު އާއްމުންނަށް ފެނުމާއެކު ފިލްމާމެދު އާއްމުންގެ ޝައުގުވެރިކަން މާބޮޑަށްވެސްވަނީ އިތުރުވެފައެވެ.
ޔާޝް ރާޖް ކުންފުނިން ގެނެސްދޭ މިފިލްމުގެ ޕޯސްޓާ ލީކުވުމައި ގުޅިގެން ލީކުވެފައިވަނީ ފިލްމުގެ އަސްލު ޕޯސްޓަރުކަމަށް ޔާޝްރާޖް ކުންފުނިންވެސްވަނީ އެއްބަސްވެފައެވެ.
މިހާދިސާ ހިނގަން މެދުވެރިވެފައިވަނީ އެކްޓަރު ރަންބީރް ކަޕޫރު އޭނާގެ ފޭނުންނާއި ގުޅިގެން ކުރިޔަށް ގެންދިޔަ އިވެންޓެއްގެ ތެރެއިންކަމަށް ތުހުމަތު ކުރެވޭކަމަށް ޔާޝް ރާޖް ކުންފުނިންވަނީ ބުނެފައެވެ.
ވައި.އާރް.އެފްގެ ސްޕޯކްސް ޕާސަން ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، މިމައްސަލަ އެކުންފުނިން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި މިފަދަ ގޮތަކަށް ފިލްމުގެ ޕޯސްޓަރ ލީކުވެދާނެކަމަށް އެމީހުން އުއްމީދުނުކުރާ ކަމަށެވެ.
އަދި މިއީ ރަންބީރު ކަޕޫރު ދިގު މުއްދަތަކަށް ސްކްރީނުން ނުފެނި ހުރުމަށްފަހު ވަރަށް ތަފާތު ގޮތަކަށް ސްކްރީނުން ފެނިގެންދާ ފިލްމެއްކަމުން ފިލްމާމެދު އެމީހުން ކުރާ އުއްމީދުތައް ވަރަށް ފޮނިކަމަށްވެސް ޔާޝް ރާޖްގެ ފަރާތުންވަނީ ބުނެފައެވެ.
އެހެންކަމުން ފިލްމާއި ގުޅޭގޮތުން ރޭވިފައިވާ ޕްލޭންތައް ވަރަށް ބޮޑަށް ބަދަލުވެގެންދާނެ ކަމަށާއި ކުރިޔަށްހުރި ދުވަސްތަކުގެ އެކަމާގުޅޭ ޚަބަރުތައް އިއުލާނުކުރާނެ ކަމަށްވެސް އެ ކުންފުނިންވަނީ ބުނެފައެވެ.
އަދިތްޔާ ޗޯޕްރާ ޕްރޮޑިއުސްކޮށް ކަރަން މަލްހޯތްރާ ޑައިރެކްޓްކުރާ މިފިލްމުގައި ރަންބީރްގެ އިތުރުން ދެން ފެނިގެންދާނީ އެކްޓަރު ސަންޖޭ ދަތާއި ބަތަލާ ވާނީ ކަޕޫރެވެ.
މިއީ ފިލްމު "ސަންޖޫ"އަށްފަހު ސަންޖޭ ދަތްއާއި އެކީގައި ރަންބީރް ފެނިގެންދާނެ 2 ވަނަ ފިލްމެވެ.
މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ކުރިޔަށްއޮތް ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.