އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ދިން ހުއްދަ ބާތިލްކޮށްފިއެވެ.
މިކަން ހާމަކޮށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓެއްގަ ވިދާޅުވީ "ޢާންމު ރައްޔިތުންގެ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ސ. ހިތަދޫ، ކަނަންދޫގެ، އަހްމަދު ސަޢީދަށް އީސީ އިން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވިއިރު، އެއްވެސް ފޯމެއް ހުށަހަޅުއްވާފައި ނުވާތީ، އެ ހުއްދަ ކޮމިޝަނުން ބާތިލް ކޮށްފައިވާ ކަމަށެވެ.
"އާންމު ރައްޔިތުންގެ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ކޮމިޝަނުން ދިނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެޕަޓީއެއްގެ މެންބަރަކަށްވުމަށް މަދުވެގެން 3000 މީހުންގެ ސޮއި ހޯދާ ކޮމިޝަނަށް ހުށަހަޅަން ވާނެ ކަމަށެވެ.
ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ ދިހަ ހާސް މީހުންގެ ސޮއި ހުށަހެޅުމުންނެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރު ރަޖިސްޓްރީކޮށްފައި ވަނީ 10 ޕާޓީއެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ، އަދާލަތު ޕާޓީ، ޑީއާރްޕީ، އެމްޑީއޭ، އެމްޓީޑީ، ޕީއެންސީ، އެމްއެސްއެލްޑީޕީ އަދި އެމްއާރްއެމްއެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކާގޮތުން ނަމަ އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއެވެ.
އީސީން މި ޕާޓީތަކުގަ މިހާރު ތިބި މީހުންގެ ސައްހަކަން ބެލުމުގެ މަސައްކަތެއް ހިންގާލަނިކޮށް އަސްލު މިހާރު ޕާޓީތަކުގަ މީހުނަތިބީ ކިހިނެއްކަން އެނގިދާނެ. މިކަން މިހާރު ކޮށްލަން އެބަޖެހޭ ހެން ހީވަނީ. އަސްލު ރައްޔިތުންނަށް ނޭނގި އެމީހުން ދައްކައިގެން ޕާޓީތަކުން މި ފައިސާ ހޯދަނީ