އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް (ޑްރައިވިން ލައިސެންސް)ގެ ތިއަރީ އިމްތިޙާން ދިނުމާއި، ތަމްރީނު ހިންގުމަށް މޯލްޑިވްސް ޕޮލިޓެކްނިކާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއި ދެމެދު މިއަދު ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގެ މަޤްސަދަތަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިޙާންދިނުމާއި އެއްގަމު އުޅަނދު ދުއްވުމާއި ގުޅޭ ތަމްރީން ޕްރޮގްރާމްތައް ހިންގުމެވެ. އެ ގޮތުން، ސެޓްފިކްޓް އިން ވެހިކަލް އިންސްޕެކްޝަން އަދި ސެޓްފިކެޓް 3 އިން ޑްރައިވިންގ އެގްޒެމިނަރ އާއި ސެޓްފިކްޓް 3 އިން ޑްރައިވިންގ އިންސްޓްރަކްޓަރ ފާހަގަކޮށްލެވެއެވެ.
މި ފަހުމުނާމާގައި ސޮއިކުރެއްވީ މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަންއެވެ. އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢާއިޝަތު ނަހުލާއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް ހަސަން ވަނީ މިއަދު ސޮއި ކުރެވުނު ފަހުމުނާމާގެ ތެރެއިން ޕޮލިޓެކްނިކާއި ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރެއިން ތިއަރީ ޓެސްޓުގެ ޚިދުމަތް މީގެ ކުރިން ވެސް ކުރިއަށް ގެންދަވާކަން ފާހަގަކުރައްވާފައެވެ. އަދި ގަރާޖުތަކުގައި ޓްރާންސްޕޯޓުން ބޭނުންވާ ފެންވަރުގެ ފުރުސަތު ޕޮލިޓެކްނިކަށް ލިބިގެންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޓްރާންސްޕޯޓު ދާއިރާއަކީ ވަރަށް ގިނަ ތަފާތު ސްކިލްސްތަކެއް އެކުލެވޭ މަސައްކަތްތަކެއް ހިމެނޭ ވުޒާރާއަކަށް ވާއިރު އެ ވުޒާރާގައި ހިމެނޭ މަސައްކަތްތަކަކީ ސްޓޭންޑަރޑް ތަކާއި އެއްގޮތަށް ކޯސްތައް ހިންގާ ދާއިރާއަކަށް ވުމަކީ އެމަނިކުފާނުގެ ހުވަފެންފުޅެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ ސޮއި ކުރެވުނު އެމްއޯޔޫގެ ސަބަބުން ޕޮލިޓެކްނިކުން ތަމްރީނު ކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. މާލެ ސަރަހައްދުގައި ރޯޑް ވާދިނަސް ހެދެމުންދާ ގަރާޖުތަކުގައި ތިބޭނީ ޕޮލިޓެކްނިކުން ޓްރެއިންވެފައި ތިބި މީހުން ކަމަށެވެ.
އޭގެ އެއް ފައިދާއެއްގެ ގޮތުގައި އެކަމަނާ ފާހަގަ ކުރެއްވީ ރޯޑް ވާދިނަސް ހެދޭ ކޮންމެ ގަރާޖެއްގައި ދިވެއްސެއް ހުރުމުގެ މުހިއްމު ކަމެވެ. އޭގެ ސަބަބުން ވަޒީފާގެ ފުރުސަތު ވެސް އިތުރަށް ތަނަވެސް ވެގެބްދާބެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.