ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު އަދިވެސް ދަނީ އުފުލެމުން ކަމަށާއި އެގޮތުން މިއަދުން ފެށިގެން ތެލުގެ އަގަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ގެނެސްފައިވާ ބަދަލާއެކު، ޑީސަލް ލިޓަރެއްގެ އަގު 16.77 ރުފިޔާ އަދި ޕެޓްރޯލް ލިޓަރެއްގެ އަގު 16.55 ރުފިޔާ އަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މީގެކުރިން އެކުންފުނިން ޕެޓްރޯލް ލީޓަރެއް ވިއްކީ 12.89 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކީ 13.04 ރުފިޔާއަށެވެ.

އެސްޓީއޯ އިން ބުނީ އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށްކަމަށެވެ.