އައްޑޫ ސިޓީ މީދޫގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ފޯމް ދޫކުރަން ފަށައިފިއެވެ.

"ވީނިއުސް"އާ ވާހަކަދައްކަމުން ކަލްބްގެ ސެކެޓްރީ މުހައްމަދު އައްޔޫބް ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފޯމް އެ ކްލަބުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެ ކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ 30 ޖުލައި 2022 ހޮނިހިރު ދުވަސް ކަމަށްވެސް އައްޔޫބް ބުންޏެވެ.

ކްލަބް ލޮތާރިން، މީގެ ކުރިން މި މުބާރާތް ބާއްވާފައިވަނީ "ގައުމު ސްޓްރީޓް"ގެ ނަމުގައެވެ.

މި މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ "ލޮތާރި ސްޓްރީޓް: 3 ދަ ރިވެމްޕް"ގެ ނަމުގައެވެ. މިއީ އެ ކްލަބް ރަސްމީކޮށް ރަޖިސްޓްރީ ވި ފަހުން ބާއްވާ ފުރަތަމަ މުބާރާތެވެ.

ވީނިިއުސްއާ ވަހަކަސައްކަމުން އެ ކްލަބުން ބުނީ މި މުބާރާތުގެ ޗެމްޕިޔަން ޓީމަށް 20،000 ރުފީޔާލިބޭ އިރު ރަނަރަޕް ޓީމަށް 10،000 ރުފީޔާ ލިބޭނެ ކަމަށެވެ.

މިމުބާރާތަކީ އައްޑޫ ސިޓީގެ އަވަށްތަކުގެ މެދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތް ބޭވުމަށް ހަމަޖިހިފައި ވަނީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ކަމަށް އެ ކްލުބް އިން ބުނެއެވެ.

އެ ކްލަބުން ބުނީ އެ މުބާރާތައިބެހޭ އިތުރު މައުލުމާތު އެ ކަލަބްގެ ވެބްސައިޓް އަދި ސޯޝައަލް މިޑިޔާއިން ލިބެން ހުނާނެ ކަމަށެވެ. "ލޮތާރި ސްޓްރީޓް 3: ދަ ރިވެމްޕް" އާ ގުޅޭ އިތުރު މައުލޫމާތު އެ ކްލަބުގެ ނަންބަރު 7877183 އަދި 7426282 އިން ލިބޭނެއެވެ.

މި މުބާރަތަކީ މީދޫގައި ބާއްވާ އެންމެ ވާދަވެރި ކުޅިވަރު މުބާރާތެވެ.