އަށް ރަށެގައި އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެގައި ވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އެދުމުގެ މަތިން އަށް ރަށެގައި އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސެއް ތަރައްގީކޮށް ދޭނެ ފަރާތެއް ހޯދަން އިއުލާން ކުރާކަމަށެވެ.

އެ ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށާއި މަސައްކަތްތަކަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީބީ) އުޞޫލުގެ މަތިން ކަމަށް މިނިސްޓަރީން ބުނެއެވެ.

ސްޕޯޓްސް ކޮމްޕްލެކްސް އެޅުމަށް ނިންމާފައިވާ ރަށްތައްކަކީ އއ.އުކުޅަސް، ޏ.ފުވައްމުލަށް، ލ.ގަމު، ޅ.ނައިފަރު، ރ.އަލިފުށީ، ރ.ދުވާފަރު، ސ.ފޭދޫ އަދި ސ.މީދޫ ގައިއެވެ.

ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް  500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށް މިނިސްޓަރީން ބުނެއެވެ.

މިނިސްޓަރީން ބުނީ އެ މަސައްކަތްތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 26 ޖޫން 2022 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަަމަށެވެ.