ރާއްޖޭގެ ޓޫރިޒަމް އަލަށް އާލާވުމުގެ ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް އިސްވެހުންނަވައިގެން ކުރެއްވި ބުރަ މަސައްކަތް ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުالله މަޢުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ދި ވޯރލްޑް ޓޫރިޒަމް އިންޑަސްޓްރީ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

މިމަހުގެ 24ވަނަ ދުވަހުން ފެށިގެން 25ވަނަ ދުވަހުގެ ނިޔަލަށް ސައުތު ކޮރިއާގެ އުލްސަން ސިޓީގައިކުރިއަށްދިޔަ މި ކޮންފަރެންސްގަ މިނިސްޓަރ ވާހަކަ ދެއްކެވީ ފަތުރުވެރިކަމަށް ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމު ކަމަށާއި، ކޮވިޑް ޕެންޑެމިކުން އަރައިގަނެ ފަތުރުވެރިކަން އާރާސްތުކުރުމަށް ރާއްޖޭގައި ކުރެވުނު މުހިންމު ކަންތައްތަކަށާއި ކޮމިއުޓީ ބޭސްޑް އިކޯ ޓޫރިޒަމްގެ މައްޗަށެވެ.

މިނިސްޓާ ގަބޫލުކުރަށްވާ ގޮތުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް އަލަށް އާލާވުމުގެ ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް އިސްވެހުންނަވައިގެން ފަތުރުވެރިކަމުގެ ހިއްސާވެރިންނާއި ސިއްހީ ދާއިރާގެ މާހިރުންނާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކުގެ މަޝްވަރާއާއެކު އަޅުއްވަމުން ގެންދެވި ހަރުދަނާ ފިވަޅުތަކުގެ ސަބަބުން ކަމަށެވެ.

މިނިސްޓަރުންނާއި ނައިބުންނާއި އަދި އިންޑަސްޓްރީގެ އިސް ފަރާތްތައް މި ކޮންފަރެންސްގައި ބައިވެރިވެ ވާހަކަ ދެއްކެވީ އުލްސަންގެ މެޔަރ ސޮންގ ޗުލް ހޯ، ޗެއަރމަން އޮފް ދި އިންޓަރނޭ ޝަނަލް ޓޫރިޒަމް ފޯރަމް ޔޫ ޖިން ޔޮންގ އާއި ޔުނައިޓެޑް ނޭޝަން ވޯރލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫ.އެން.ޑަބިލިއު.ޓީ.އޯ) ގެ އޭޝިއާ ޕެސިފިކް ރީޖަނަލް ޑިރެކްޓަރ ހެރީ ވަންގްއާއި އެކުއެވެ. މިކޮންފަރެންސްގައި ގައުމުގެ ވެރިން ވަނީ އިކޯ ޓޫރިޒަމަށް އިޙްތިރާމް ކުރުމުގެ ގޮތުން އެމްއޯޔޫ ސޮއިކުރައްވާފައެވެ.

37 ވަނަ ސިއޯލް އިންޓަރނޭޝަނަލް ޓްރެވަލް ފެއަރއާއެކު ބޭއްވި މިފެއަރ ހޯސްޓް ކޮއްފައިވަނީ ޔޫ.އެން.ޑަބިލިއު.ޓީ.އޯ، ދި އިންޓަރނޭޝަނަލް ޓޫރިޒަމް ފޯރަމް (ޓީ.އައި.ޓީ.އެފް) އާއި އުލްސަން މެޓްރޮޕޮލިޓަން ސިޓީއެވެ. އަދި މިފެއަރ އޯގަނައިޒް ކޮށްފައިވަނީ ކޮރިއާ ޓޫރިޒަމް އޯގަނައިޒޭޝަން އާއި އެކު ކޮރިޔާ ވޯރލްޑް ޓްރެވަލް ފެއަރއެވެ.