އެއް ބިލިއަނަށް ވުރެ ގިނަ މީހުން އެކްޓިވްކޮށް ބޭނުންކުރާ އަދި ގިނަ ދިވެހިންގެ ތެރޭގައިވެސް މަޤްބޫލުކަން ހޯދާފައިވާ މަޝްހޫރު ސޯޝަލްމިޑިއާ ޕްލެޓްފޯމެއް ކަމުގައިވާ އިންސްޓަގްރާމް ޑައުންވެއްޖެއެވެ.
މިކަމާއި ގުލީގެން އިންސްޓަގްރާމް ހިންގާ މެޓް ކުންފުނިން ވަކި އެއްޗެއް މިހާތަނަށް ބުނެފައި ނުވެއެވެ.
ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ގިނަ ބަޔަކަށް އިންސްޓަގްރާމް ބޭނުން ކުރުމުގައި ދަތިތަކެއް ދަނީ ކުރިމަތިވަމުންނެވެ. އިންސްޓަގްރާމް އެޕްލިކޭޝަން އަދި ޑެސްކްޓޮޕް ވިއުއިންވެސް ބައެއް ފަރާތްތަކަށް އިންސްޓަގްރާމްއަށް ނުވަދެވޭއިރު، ރިޕޯޓްތައް ބުނެފައިވަނީ އެމީހުންނަށް އިންސްޓަގްރާމްއަށް ނުވަދެވޭ ކަމަށެވެ.
އިންސްޓަގްރާމްއަށް އަށް ވަދެވޭ މީހުންނަށްވެސް ބައެއް ފީޗާސްތައް ބޭނުންކުރުމުގައި ދަތިތައް ހުރި ކަމަށް ބުނެ ސޯޝަލްމީޑިއާގެ އެހެން ޕްލެޓްފޯމްތަކުގައި އަންނަނީ ޝަކުވާކުރަމުންނެވެ. މީހުން ކޮށްފައިވާ ޝަކުވާތަކަށް ބަލާއިރު، އިންސްޓަގްރާމް ފީޑް ލޯޑް ނުވުމާއި ސްޓޯރީއަށް ފޮޓޯ/ވީޑިއޯ ނުލެވުން ފަދަ މައްސަލަތައް ކުރިމަތިވެފައި ވެއެވެ.
މިކަމެއް މެދުވެރިވި ވަކި ވަގުތެއް އަދި ސާފު ނުވާއިރު، މިއަދުގެ ވަގުތުތަކުން ފެށިގެން ބައެއް ދިވެހިންނަށް ވެސް މި ދަތިތައް އަންނަނީ ކުރިމަތިވަމުންނެވެ.
މިއަދުގެ ވަގުތެއްގައި ފޭސްބުކް މެސެންޖާވެސްވަނީ ދުނިޔޭގެ ބައެއް ޤައުމުތަކަށް ޑައުންވެފައެވެ.