1443 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް ދާ ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރޭ ފުރާއިފިއެވެ.

ރޭ ފުރި ބެޗްގައި ރޭ 175 ޙައްޖާޖީން ވަނީ ފުރާފައިއެވެ.

ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދިއުމުގެ އިންތިޒާމު ކަމާގުޅޭ މުއައްސަސާތަކާއެކު، ހަމަޖައްސާފައިވާއިރު ރޭ ވެސް ޙައްޖާޖީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަނޑައެޅިފައިވާ ބަސް ޕޮއިންޓްތަކުގައި އެހީތެރިވެ ދިނުމަށް ބޭފުޅުން ތިއްބެވިއެވެ.

ޙައްޖުވެރިންގެ ކަންތައްތަކުގައި މާލެއާއި ހުޅުމާލެ، އަދި އެއަރޕޯޓްތެރެއިންވެސް ކަމާގުޅޭ މުއައްސަސާތަކުން ދާނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ރޭ ޙައްޖުވެރިންގެ ފްލައިޓް ފުރައިފައި ވަނީ ރާއްޖެގަޑިން 23:30 ގައި ކަމަށް އިސްލާމިކް މިނިސްޓަރީން މައުލޫމާތުދެއެވެ.

މިއަހަރު ރާއްޖޭން 453 މީހުން ހައްޖަށް ދާއިރު، ހައްޖަށް ދާ ފުރަތަމަ ގުރޫޕްފުރީ މި މަހުގެ 26 ވަނަ ދުވަހުއެވެ އެ ރޭ 157 ހައްޖާޖީން ފުރާއިފައިވާ ކަމަށް އިސްލާމިކް މިިނިސްޓަރީން ބުނެއެވެ.

ރާއްޖެއިން ހައްޖަށްދާ މީހުންގެ ކަންކަން ދިވެހި ސަރުކާރުގެ ފަރާތުން ބެލެހެއްޓުމަށް ކޮންމެ އަހަރަކުވެސް ސަރުކާރުން އެކަމަށް ހާއްސަ މިޝަނެއް އެކުލަވާލާއިރު އެ މިޝަންއިން ސައޫދީ އަރަބިއްޔާގައި ގާއިމްވެ، ރާއްޖެއިން އެ އަހަރަކު ހައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާ ދާ ހާޖީންނަށް އެހީތެރިކަން ފޯރުކޮށްދީ ރަސްމީ އިންތިޒާމްތައް ހަމަޖައްސައިދޭނެއެވެ.

މިއަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު އަލީއެވެ.