މިފެށޭ ސްކޫލް ބަންދާ ދިމާކޮށް، އައިކެއަރ އޮޕްޓިކަލްސްއިން ޙާއްސަ ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ " "ޕްރައިޒް ޑައިސް"ގެ ނަމުގައި މިފެށޭ ޖުލައި މަހުގެ ދެވަނަ ދުވަހުން ފެށިގެން ޖުލައިމަހުގެ ނިޔަލަށެވެ. އަދި މި ޕްރޮމޯޝަން އައިކެއަރގެ ހުރިހާ އައުޓްލެޓެއްގައިވެސް ކުރިއަށްދާނެކަމަށް އައިކެއަރއިން މައުލުމާތުދެއެވެ.

އައިކެއަރއިން މައުލުމާތު ދޭގޮތުގައި މި ޕްރޮމޯޝަންގައި 990 ރުފިޔާ އައްވުރެ މަތިން ވިޔަފާރިކުރައްވާ ކޮންމެ ކަސްޓަމަރަކަށް ޑައިސްއެއް ރޯލުކޮށްލައިގެން އަގުހުރި އިނާމުތަކާއި އެކި ޑިސްކައުންޓްތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް އައިކެއަރއިން ބުނެއެވެ.

އައިކެއަރ އޮޕްޓިކްލްސް އަކީ ރާއްޖޭގައި ލޮލާއި ގުޅުންހުރި ހުރިހާ ހިދުމަތެއް އެއްތަނަކުން ފޯރުކޮށްދެމުން އަންނަ ހަމައެކަނި ކުންފުންޏެވެ. މަޝްހޫރު ގިނަ ބްރޭންޑްތަކުގެ އައިނާއި، ކޮންޓެކްޓް ލެންސުގެ އިތުރުން ލޮލުގެ އެގްޒެމިނޭޝަން ހެދުމާއި، ކޯޕޮރޭޓް އައި ސްކްރީނިންގ ޕްރޮގްރާމް ހިންގުން އަދި ލޮލުގެ ފަރުވާއަށް ބޭނުންވާ ސަރޖަރީ ހެދުމުގެ ހިދުމަތްވެސް އައިކެއަރއިން އަންނަނީ ފޯރުކޮށްދެމުންނެވެ.

ޕްރޮމޯޝަނާއިބެހޭ އިތުރު މައުލޫމާތު އައިކެއަރގެ ހޮޓްލައިން 3321026 އަށް ގުޅުއްވައިގެން އަދި ވެބްސައިޓްއަށް ނުވަތަ އައިކެއަރ އަށް ޒިޔާރަތް ކޮއްލައިގެން ބަލާލެވޭނެއެވެ.