100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ގއ. ގެމަނަފުއްޓަށް މިއަދު ތައާރަފްކޮށްފިއެވެ.
ގެމަނަފުށީގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މި ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ފައިބަރ ސުޕަރނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް، ފުރަތަމަ ތިން މަހަށް 300 ޖީބީ ބޯނަސް ޑޭޓާ ލިބޭނެއެވެ.
މި ޚިދުމަތް ގެމަނަފުށީގައި ތައާރަފްކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީޕް ކޮމާޝަލް އޮފިސަރ ހުސެއިން ނިޔާޒް ވިދާޅުވީ، މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބި އެ ކުންފުނީގެ ޚިދުމަތް ހޯދަމުންދާ ކަސްޓަމަރުންނަށް ފައިބަރ ސުޕާނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއަށް އިތުރުވި ބޮޅެއް ކަމަށެވެ. އަދި ގެމަނަފުއްޓަށް މި ޚިދުމަތް ތައާރަފްކުރީ ވަރަށް ޙާއްސަ އޮފަރއަކާއެކުކަން ނިޔާޒް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް، ފައިބަރ ސުޕަނެޓް ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކުގެ އިތުރުން ޑޭޓާ ރޯލްއޯވަރ ޚިދުމަތާއެކު މިވަގުތު މާކެޓްގައި އެންމެ ފުރިހަމަ ޕްލޭންތައްކަންވެސް ނިޔާޒް ފާހަގަކުރެއްވިއެވެ. އަދި ގެމަނަފުށީގެ ރައްޔިތުންނަށް މި ހިދުމަތް ފޯރުކޮށްދީ އިތުރު ފުރުސަތުތަކާ ގުޅުވާލަދިނުމަކީ އުރީދޫ މޯލްޑިވްސް ކުންފުންޏަށް ލިބޭ ބޮޑު އުފަލެއް ކަމަށާއި، އެކުންފުނީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފެންވަރު ރަނގަޅު ފިކްސްޑް ބްރޯޑްބޭންޑް ޙިދުމަތް ފޯރުކޮށްދިނުންކަމުގައި ނިޔާޒް ވިދާޅުވިއެވެ.
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު %100 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ލިބޭނެއެވެ. މީގެއިތުރުން ސުޕަރނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވަރގެ ޙިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާ އަށް އިތުރުވާނެއެވެ.