އދ. ފެންފުށީގަ މޫދަށް އެރި އުޅެނިކޮށް ހާލު ސީރިއަސްވި ދެ ޒުވާނުންގެ ތެރެއިން އެކަކު މަރުވެއްޖެއެވެ.
މިއަދު ހަވީރު ހިނގާދިޔަ މިހާދިސާގެ މައުލޫމާތު މީޑިއާތަކާ ހިއްސާކޮށް ފުލުހުންގެ އިދާރާއިން ބުނެފައިވަނީ ގެއްލިފައިވަނިކޮށް ފެނުނު ދެ މީހުން އިތުރު ފަރުވާއަށް ވަނީ އދ.މަހިބަދޫއަށް ގެންގޮސްފައި ކަމަށެވެ.
އަދި އެ ދެ މީހުންގެ ތެރެއިން 23 އަހަރުގެ ޒުވާނާ މަރުވެފައިވާ ކަމަށް މަހިބަދޫ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.
މޫދަށް އެރި އުޅުނު ހަތަރު ޒުވާނުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ފުލުހަށް ރިޕޯޓުކުރީ މިއަދު އިރުއޮއްސި 18:00 ހާއިރެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ ތ. ދިޔަމިގިލީ، އީސާ ޖުނާހުއެވެ.