"ފްރީ ކަނެކްޝަން ޕްރޮމޯ" އާއި އެކު ދިރާގުގެ ފައިބަރ ބްރޯޑްބޭންޑް ހިލޭ ގުޅުމުގެ ހިދުމަތް ދިރާގު ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ މި މިމަހު 31 ގެ ކުރިން ދިރާގު ޓީވީ ހިޔާރުކުރަށްވާ ފަރާތްތަކަށް ޓީވީގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް ވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން، ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް 50 އިންސަތައިގެ ޑިސްކައުންޓެއް ފައިބަރއަށް ބޭނުންވާ ޚާއްސަ ރައުޓަރ ގަތުމުގައި ލިބިގެންދާއިރު، އެންމެ ފުރަތަމަ ދިރާގު ޓީވީއަށް އެޕްލައި ކުރައްވާ 300 ކަސްޓަމަރުންނަށް ވަޔަލަސް ކީބޯޑްއެއްވެސް މުޅިން ހިލޭ ލިބިގެންދާނެއެވެ. ހަމައެއާއި އެކު 350 ރުފިޔާއަށް ސެޕްޓެމްބަރ މަހުގެ ނިޔަލަށް ހުރިހާ ޗެނަލްތައް ބޭނުންކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކްއެވެ. އެގޮތުން މިހާރު ރާއްޖޭގެ 84 އިންސައްތަ ގޭބީސީއަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 89 ރަށެއް ހިމެނެއެވެ.

އެގޮތުން ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އައިޕީޓީވީގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތައް، ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯކް، ސްޓާގެ ޗެނަލްތައް، ރާއްޖެއާ ބޭރު ދުނިޔޭގެ ޚަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.

ދިރާގުން ބުނީ، އެކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ޚިދުމަތްތައް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށް ކަމަށެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިކުރާނެކަމުގެ ޔަގީންކަން ދިރާގުން ދެއެވެ.