ވިލާ ގްރޫޕްގެ ވިލާ ހަކަތައިގެ އިން "ވިލާ ގޭސް ހިޔާ ފްލެޓް ލަކީ ޑްރޯ"ގެ ނަމުގައި މިދިޔަ އަހަރު ފެށި ޕްރޮމޯޝަންގެ ނަސީބުވެރިން މިރޭ ހޮވާގޮތަށް ހަމަޖެހިއްޖެއެވެ.

މި ޕްރޮމޯޝަނަކީ ހިޔާ ފްލެޓްގައި ދިރިއުޅުއްވާ ފަރާތްތަކުގެ ތެރެއިން މަދުވެގެން 6 މަސް ދުވަސް ވަންދެން ވިލާ ގޭސް އޯޑަރު ކުރައްވާ، ފައިސާ ދައްކަވާ ފަރާތްތަކަށް ހާއްސަކޮށްގެން ވިލާ ހަކަތައިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.

ޕްރޮމޯޝަންގައި ބައިވެރިވި މީހުންގެ ލަކީ ޑްރޯ ނެގުމަށް ހަމަޖެހިފައިވަނީ މިރޭ 20:40 ގައެވެ. ލަކީ ޑްރޯގެ ގުރުއަތު ނެގުން ވީޓީވީން ގާތުން ދުރަށް ދައްކާނެއެވެ.

މި ގުރުއަތުގެ ބައިވެރިންގެ ތެރެއިން، ހިޔާ ފްލެޓްގެ ކޮންމެ ޓަވަރަކުން ހޮވޭ 1 ފަރާތަކަށް ވިލާ ހަކަތައިން 6 މަސްދުވަހުގެ ފްލެޓް މެއިންޓެނަންސް ފީ ކަމުގައިވާ 6000 ރުފިޔާ ވިލާ ހަކަތައިން ދައްކައިދޭނެއެވެ.

ވިލާ ހަކަތައިގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށާއި، ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިލާ ހަކަތައިގެ ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ކަސްޓަމަރުންނަށް އެންމެ އެހީ ތެރިކަން ފޯރު ކޮށްދޭނެ ގޮތް ބަލާ ކަމަށް އެކުންފުނިން ބުނެއެވެ.

އެކުންފުނިން ބުނީ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތައް ބައްޓަންކޮށް އިތުރު ފުރިހަމަކަމާ އެކު ގިނަ ފައިދާތަކެއް ލިބިދޭ ގޮތަށް ފަރުމާކުރާ ކަމަށެވެ.