އަޟުޙާ ޢީދާ ދިމާކޮށް ބ. ދަރަވަވަންދޫ އަށް އަންނަ މެޙެމާނުންނަށް މަރްޙަބާ ދެންނެވުމަށް "އަރާފަނި" ދޭން ފަށައިފިއެވެ.
"އަރާފަންޏަކީ" ދަރަވަންދޫގައި ޒަމާނުން ސުރެ މި ފަދަ މުނާސަބަތުތަކުގައި ރަަށަށް އަރާ މެހެމާނުންނަށް ދިނުމަށް ތައްޔާރުކުރާ ހާއްސަ ބުއިމެކެވެ. އިހު ޒަމާނުގައި "އަރާފަނީ"ގެ ނަމުގައި ދީ އުޅުނީ ރޯފަނި ކަމަށް ރަށުގެ ދުވަސްވީ މީހުން މަޢުލޫމާތު ދެއެވެ. ނަމަވެސް މި ފަކަށް އައިސް މި ބުއިން ތައްޔާރުކުރަނީ، ބަދަލުތަކެއް ގެނެސް މި ރަށުގެ ހާއްސަ ރެސިޕީއަކަށެވެ.
މިއަދުގެ އެކި ވަގުތުތަކުގައި ދަރަވަންދޫ އެއާޕޯޓަށް ޖައްސާ ކޮންމެ ފްލައިޓަކުން ރަށަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް ވެސް މި ބުއިން އެއާޕޯޓުން ލިބޭނެއެވެ.
އަރާ ފަނި ދޭން ފަށާފައި ވަނީ މިއަދު 10:50ގެ ފްލައިޓުން ފެށިގެންނެވެ. މި ފްލައިޓުން ފަތުރުވެރިންނާއި ދިވެހިން ހިމެނޭހެން ގިނަ ބަޔަކު ދަރަވަންދު އަށް ޒިޔާރަތްކުރިއިރު، އެ މީހުންގެ އިސްތިޤުބާލުގައި ދަރަވަންދޫ ޅަޒުވާނުން ކަނބަލުންގެ ފަރާތުން ހިތްގައިމު ފަތިގަނޑު ނެށުމެއް ހުށަހަޅަައިދީފައި ވެއެވެ.
ނެށުން ހުށަހަޅައިދިން ލަވަ ތައްޔާރުކޮށްފައި ވަނީ މި އަހަރު ދަރަވަންދޫގައި ބޮޑު ޢީދު ފާހަގަކުރާ ޝިއާރު "މަގޭ ޢީދު" މި ޝިއާރާ ވެސް ގުޅުވާލާފައެވެ. އެ ލަވައިގައި ޖުމުލަކޮށް ބުނެދެނީ ޢީދުގެ އުފަލުގައި ބައިވެރިވުމަށް އުދުހިފައި ތިޔަ އައީ ދަރަވަންދު އަށް ކަމަށެވެ.
މިއަހަރުގެ އަޟްހާ ޢީދު ފޯރިގަދަކޮށް ފާހަގަކުރުމަށް ދަރަވަންދޫގައި އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. ރަށު ތެރެއިން ފެންނަނީ ހަލަބޮލި ކަމެވެ. އެންމެން އެއް ރޫހެއްގައި އެއް ވާނެއްގައި މަސައްކަތް ކުރާތަނެވެ. ރަށުގެ އާންމު ގެތަކުން ފެށިގެން ގެސްޓް ހައުސްތައް މިވަނީ އީދަށް ދަރަވަންދުއަށް އެރި އެތައް ސަތޭކަ ބަޔަކާއިއެކު ފުރާލާފައެވެ.
ޢީދުގެ ކަވަރޭޖަށް ހާއްސަ ވީމީޑިއާގެ ޓީމެއް މިވަގުތު ދަރަވަންދޫގައި ތިބިއިރު، މި ދަތުރުގެ ތެރެއިން ދަރަވަންދޫގެ އެކި ކަންކަމަށް ބަލާލާ ތައްޔާރުކުރާ ރިޕޯޓުތަކާއި، މުހިންމު ޚަބަރުތަކުގެ އިތުރުން ހާއްސަ ފަރާތްތަކެއްގެ ފީޗަރ ރިޕޯޓުތަކާއި، ތަފާތު އެކި ހަރަކާތްތަކުގެ ރިޕޯޓާއި ޚަބަރު ވީމީޑިއާގެ އޮންލައިން، ވީނިއުސްއިން ގެނެސްދޭނެއެވެ. އަދި މިކަމާ ގުޅުންހުރި ރިޕޯޓުތަކާއި ޚަބަރުތައް ވީޓީވީގެ ޚަބަރު ގަޑިތަކުގައިވެސް ގެނެސްދޭނެއެވެ.
މިފަހަރުގެ ބޮޑުއީދުގަ އެއްމެ ގަދަކޮށް މިފެންނީ ދަރަވަންދޫ
ވީޓީވީން މަލިކު ކުދިންގެ އައިޓަމްތައް ލައިވް ކުރާނެތޯ
ސާބަހޭ ދަރަވަންދޫ ކުދިން
ދަރަވަންދޫ މިފަހަރު މިފެންނަނީ މުޅިރާއްޖެއިންވެސް ވަރަށް ޚާޢްސަކޮށް ފާހަގަވެގެންދާ ރަށެއްގެ ގޮތުގަ
މިފަދަ އެކުވެރިކަމާއި ގުޅުން ބަދަހި ކޮށްދޭ ޒާތުކަންކަން ކުރުމަކީ މުޖުތަމަޢަށް ވަރަށް މުހިންމު ކަންކަން. ނަމޫނާއަކަށް ދަރަވަންދޫ ދެކި އަތޮޅުތެރޭގެ އެެހެން ދިމާތަކުގައިވެސް މިފަދަ އެކުވެރިކަމުގެ ލާމަސީލު މަރުޙަބާތަކުން ރައްޔިތުން އެއްބަޔަކު އަނެއްބަޔަކާ ގުޅި ލާމެހި އެއްގައުމެއްގެ ގޮތުގައި ކުރިއަށްދާންވީ
މާތްކަލާކޯ ތިރަށަށްނު ދާންވީ އަޅެ، ކެއުމެއްނޯވޭތޯ
ވަރަށް ތަފާތު.. ތިރަށަށް ދާން އުޅެވުނު ނަމައޭ ހިތަށް އަރާމިހާރު