ރާއްޖޭގެ މިނިވަން ދުވަހާއި އަޟްޚާ ޢީދުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސް އިން ބޮޑު ޗުއްޓީ ޕެކް ތައާރަފް ކޮއްފިއެވެ.

އުރީދޫއިން ބުނާގޮތުގައި، މި އޮފަރ ވަނީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ހުޅުވާލާފައެވެ.

މި އޮފަރ ތައާރަފް ކޮށްފައިވަނީ މިނިވަން ދުވަހާއި އަޟްޙާ ޢީދާއި ގުޅިގެން ލިބޭ ބަންދުގައި، ކޮންމެތާކު، ކޮންމެވަގުތެއްގައިވެސް އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ އިން ބުނީ، މި ހާއްސަ އޮފަރގެ ދަށުން މިހާރު ކަސްޓަމަރުންނަށް އެންމެ 100 ރުފިޔާ އަށް ބޮޑު ޗުއްޓީ ޕެކް އެކްޓިވޭޓް ކޮށް، 100 ޖީބީ ޑޭޓާ ތިން ދުވަހަށް ލިބިގެންދާނެކަމަށެވެ. އުރީދޫގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ވެސް ހުޅުވާލެވިފައިވާ މި ޚާއްސަ އޮފަރތައް ޖުލައި ހަޔަކުން ޖުލައި މަހުގެ ނިޔަލަށް ލިބޭނެއެެވެ. އުރީދޫއަށް ގުޅައިލައިގެން ނުވަތަ އުރީދޫ އެޕްއިން މި ޕެކް ލިބޭނެކަމަށް އުރީދޫއިން ބުނެއެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލުމަށް 100 GB ޖަހާފައި 5555 އަށް އެސްއެމްސް ފޮނުވައިގެން އެކްޓިވޭޓްކުރެވޭނެކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ ބޮޑު ބަންދުތެރޭ ޗުއްޓީ ހަދާލަން ރަށަކަށް ދިޔަޔަސް ނުވަތަ އާއިލާއާއެކު ވަގުތު ހޭދަކޮށްލަން ގޭގައި ޗުއްޓީ ހޭދަކުރިޔަސް އަޟްހާ ޢީދަކީ ކުލަގަދަކޮށް ފާހަގަކޮށް ހާއްސަ އުފާވެރިކަމަކުން ފުރިގެންވާ ޗުއްޓީއެއްކަމަށެވެ. މި އުފާވެރި މުނާސަބަތުގައި، އުރީދޫގެ ކަސްޓަމަރުންނަށް، ދުރުގައި ތިބި އާއިލާއާއި ރައްޓެހިންނަށް ގުޅުވާލައިގެން ޗުއްޓީގެ އުފާވެރި ވަގުތުތައް ޙިއްޞާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މި ޚާއްޞަ އޮފަރ ކަމުދާނެކަމަށް އުއްމީދުކުރާކަމަށެވެ.

އުރީދޫ ޓީމްގެ ފަރާތުން އުރީދޫގެ ކަސްޓަމަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް މިނިވަން ދުވަހުގެ ތަހުނިޔާ އާއި އަޟްޙާ ޢީދުގެ ތަހުނިޔާ ފޮނުވާފައެވެ.