ޢީދު ދުވަހާއި ވަޅު ޢީދު ދުވަހު ފައިމަގުގައި އުޅޭ ވަގުތުގައި ބޭނުންކުރާނެ ސްޓިކާރ ދޫކުރުމަށް ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ ޢީދު ދުވަހާއި ވަޅު ޢީދު ދުވަހުގެ ހަވީރު 4 ފެށިގެން އިރުއޮއްސި 6 ހަމައަށް ފައިމަގުގައި އުޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވުމުން އެ ވަގުތު ތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތަށް ކުރުމަށް ސްޓިކާރ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
ސްޓިކާރ ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ މިމަހުގެ 7 ވަނަ ދުވަހު މެންދުރު 14:00 ފެށިގެން 18:00 އަދި ރޭގަނޑު 20:00 ފެށިގެން 22:00 އަށެވެ. 8 ޖުލައި ގައިވެސް މި ގަޑިތަކުގައި ސްޓިކާރ ދޫކުރަމުންގެންދާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
އަދި މިއަދުވެސް ސްޓްކާރ ދޫކުރަމުންދާނީ ހެނދުނު 9:00 ފެށިގެން 12:00 ހަމައަށާއި މެންދުރު 13:00 ފެށިގެން ހަވީރު 16:00 އަށެވެ.
ސްޓިކާރ ދޫކުރުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާއިބެހޭ ބައިންނެވެ.