ބ. ދަރަވަންދޫގައި ކުރިޔަށްގެންދާ "މަގޭ އީދު" ހަރަކާތްތަކުގެ ތެރެއިން ދެވަނަ ޢީދު ޝޯވ ބާއްވައިފިއެވެ.
ދަރަވަންދޫ "މަގޭ ޢީދު"ގެ ދެވަނަ ޝޯވ ރޭ ބާއްވައިފައި ވާއިރު، މި ޝޯވގައި ރަސްދޫއަށް ނިސްބަތްވާ ނަށާ ގްރޫޕް "ރަސްހިޔަަ" އަދި އަވައްޓެރި މަލިކު ފަންނާނުންގެ ފޯރިގަދަ ނެށުންތަކެއް ފެނިގެންދިޔައެވެ.
ފުރަތަމ ޝޯވ އާއި އެއްގޮތަށް ރޭގެ ޝޯވގައިވެސް މަލިކުގެ އަންހެން އަދި ފިރިހެން ޓީމެއް ވަކިވަކިން ވަނީ އެ މީހުންގެ ފަރި ހަރަކާތްތައް ބެލުންތެރިންނަށް ދައްކާލާފައެވެ. މަލިކުގެ އިތުރުން ޝޯވގެ ބެލުންތެރިންނަށް އިތުރު ފޯރިއެއް ގެނުވީ "ރަސްހިޔަަލަ" ނަށާ ގްރޫޕުން ދައްކާލި ފަރި ނެށުންތަކުންނެވެ.
"ރަސްހިޔަލަ" އަކީ ރަސްދޫއަށް ނިސްބަތްވާ ނަށާ ގުރޫޕެކެވެ. މި ޕްރޫޕްގައި ފަސް އަންހެންކުދިންނާއި، ފިރިހެއް ކުއްޖެއް ހިމެނެއެވެ. ޒުވާން މި ގްރޫޕުން ހުށައަޅައިދިން ނެށުންތަކާއިއެކު ފޯރިގަދަވެ، ރަށުގެ ގިނަ ބަޔަކު މި ޒުވާނުންނާއި ބައިވެރިވެ ސްޓޭޖްގައި ނަށާފައިވެއެވެ.
ދަރަވަންދޫ ބޮޑު ސްޓޭޖްގައި ބާއްވަން ނިންމާފައިވާ މި ޝޯވ، މޫސުން ތަން ނުދިނުމުގެ ސަބަބުން ރޭ ބާއްވާފައިވަނީ ދަރަވަންދޫ ސްކޫލް ހޯލުގައެވެ.
ވީޓީވީން ލައިވްކުރާ ދަރަވަންދޫ "މަގޭ އީދޫ" ޝޯވ ޕްރެޒެންޓްކުރަނީ ވީމީޑިއާގެ ޕްރެޒެންޓަރުންނެވެ.
ދަރަވަންދޫގެ އެންމެ ފުރަތަމަ އީދު ޝޯވވެސް ކުރިޔަށްގެންދިޔައީ ވަރަށް ފޯރިއާއެކުއެވެ.
މި ޝޯވގައިވެސް މަލިކުގެ އަންހެން އަދި ފިރިހެން ޓީމެއް ވަކިވަކިން ވަނީ އެ މީހުންގެ ފަރި ހަރަކާތްތައް ބެލުންތެރިންނަށް ދައްކާލާފައިވާއިރު، ދަރަވަންދޫގެ ފަންުވެރިންގެ ހަރަކާތްތަކެއްވެސް ފުރަތަމަ ޝޯވގައި ފެނިގެން ދިޔައެވެ. މި ގޮތުން ނެށުންތަކާއި ބޮޑުބެރާއި މަންގަލަންދަނޑި ޖެހުމުން އެ ސަރަހައްދަށް އެއްވެފައި ތިބި އެތައް ބައެއްގެ ލޭކައްކުވާލިއެވެ.
މި ޝޯވގައި ބ. އަތޮޅު މަދަރުސާގެ މުވައްޒަފުން، ބ. އަތޮޅު މަދަރުސާގެ ދަރިވަރުން، ދަރަވަންދޫ ސިއްހީ މަރުކަޒާއި ޒުވާނުންގެ ހިތްގައިމު ހުށަހެޅުންތައް ފެނިފައި ވެއެވެ.