އެކްޓަރު އަކްޝޭ ކުމާރުގެ ކުރިޔަށްއޮތް ފިލްމު "ސްކައިފޯސް" އާއި ކާމިޔާބު ފިލްމު "ރަންވޭ-34" ގެ ޑައިރެކްޓަރު ގުޅިއްޖެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޑައިރެކްޓަރު ސަންދީޕް ކެވްލާނީ ފިލްމާއި ގުޅުމުން މިއީ ފިލްމު އިތުރަށް ރީތިވެ ބަލާލުމުގެ ޝައުގު އިތުރުވާނެކަމުގެ އިޝާރާތެކެވެ.

ދިނޭޝް ވީޖަން ފިލްމު "ސްކައިފޯސް" އަކީ އަކްޝޭއާއި ދިނޭޝްގެ އެކީގައި މަސައްކަތްކުރާ އަލަތު ފިލްމުވެސްމެއެވެ.

މީގެކުރިންވެސް އެކްޝަން ހީރޯ އަކްޝޭވަނީ މިލިޓަރީއާއި ގުޅުންހުރި ކެރެކްޓަތަކުން ފެނިފައެވެ.

ފިލްމު "ސްކައިފޯސް"ގައި އޭނާ ފެނިގެންދާނީ އެއާފޯސް އޮފިސަރެއްގެ ރޯލްއިންނެވެ. މިފިލްމަކީ އޭވިއޭޝަންއާއި ގުޅުންހުރި ހާދިސާތައް އެކުލެވޭ ތްރިލާއެކެވެ.

އަކްޝޭއާއެކު ފިލްމުގައި އިތުރަށް ފެނިގެންދާނީ ކޮންތަރިންނެއް ކަމާއި ފިލްމުގެ ކްރޫއާބެހޭ އެއްވެސް މަޢުލޫމާތެއް އަދި ހާމަކޮށްފައިނުވާއިރު މިފިލްމުގެ ޝޫޓިންގް މިއަހަރުގެ ސެޕްޓެމްބަރ މަހު ފެށުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

ފިލްމުގެ މަސައްކަތް އެއްކޮށް ނިމުމުން ފިލްމު ރިލީޒްކުރެވޭވަރުވާނީ 2024 ގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާތަނަށް ގިނަ އަދަދެއްގެ ފިލްމު ބެލުންތެރިންނަށް ގެނެސްދީފައިވާ އެކްޓަރު އެންމެފަހުން ފެނިފައިވަނީ މިމަހު ރިލީޒްކުރި ފިލްމު "ސަމްރާތް ޕްރިތްވީރާޖް" އިންނެވެ. މިފިލްމު މިހާރު އެމޭޒަން ޕްރައިމްގައި ސްޓްރީމްކުރަންފަށާފައިވާއިރު ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބިފައިވަނީ ކުޑަ ތަރުހީބެކެވެ.

ކުރިޔަށް ގިނަ ފިލްމީ ޕްރޮޖެކްޓްތައް އަކްޝޭގެ އަތުގައިހުރިއިރު އެންމެ އަވަހަށް ރިލީޒްވާނީ ކުރިޔަށް އޮތް އޯގަސްޓް މަހު 11 ގައި ރިލީޒްވާ ފިލްމު "ރަކްޝާ ބަންދަން" އެވެ.