ދިރާގުޓީވީ އަދި ދިރާގުޕްލޭ އިން "ޔޫއެފާ ވިމެންސް ޔޫރޯ" 2022 ބަލާލެވޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

"ޔޫއެފާ ވިމެންސް ޔޫރޯ" 2022 ވަނީ މިދިޔަ ހަފްތާގައި ފަށައިފައެވެ. ކޮވިޑް-19އާ ގުޅިގެން އައި އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު، "ޔޫއެފާ ވިމެންސް ޔޫރޯ" 2022 މިހާރު އިނގެރޭސި ވިލާތުގައި ދަނީ ކުރިއަށެވެ.

މި މުބާރަތް ކުރިއަށްދާނީ މިމަހުގެ 7ވަނަ ދުވަހުން ފެށިގެން 31ހުގެ ނިޔަލަށެވެ. މި މުބާރަތުގެ މެޗުތައް ދިރާގުޓީވީގެ 'ސޮނީ ޓެން 2 އެޗްޑީ' ޗެނަލް (ޗެނަލް ނަމްބަރު 104) އިންނާއި ދިރާގުޕްލޭ މޯބައިލް އެޕުން ވަގުތުން ބަލާލެވޭނެއެވެ. މެޗް ޝެޑިއުލްތައް ދިރާގުޓީވީގެ ޓްވިޓާރ އަދި ފޭސްބުކް އެކައުންޓްތަކުގައި ޕޯސްޓް ކުރެވިގެންދާއެވެ.

ދިރާގުޓީވީ ކަސްޓަމަރުންނަށް ސެޕްޓެމްބަރު 2022 ގެ ނިޔަލަށް ބޭސިކް ޕެކޭޖް 350 ރުފިޔާއަށް ސަބްސްކްރައިބް ކޮށްލައްވައިގެން "ޔޫއެފާ ވިމެންސް ޔޫރޯ" 2022 ގެ މެޗުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ޗެނަލްތަކާއި އެޗްޑީ ކޮލިޓީގައި ވީޑިއޯ އޮން ޑިމާންޑް ބަލާލެވޭނެއެވެ.

އަދި އެންމެ 65 ރުފިޔާ (ޖީ.އެސް.ޓީ ނުހިމެނޭގޮތަށް) ދިރާގުޕްލޭ އަށް ސަބްސްކްރައިބް ކުރައްވައިގެން ކޮންމެ ތަނެއްގައި ހުރެގެންވެސް ހުރިހާ މެޗުތަކެއް ބަލާލެވޭނެއެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ވައިފައި މެދުވެރިކޮށް ސްޓްރީމް ކުރާއިރު މި ޚިދުމަތް އިތުރު ޚަރަދަކާއިނުލާ ބޭނުންކުރެވޭނެއެވެ.

މީގެ އިތުރުން, އަލަށް ދިރާގުޓީވީއަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ހިލޭ ކަނެކްޝަން، ހިލޭ ޖޯއިބޮކްސް އަދި ހިލޭ ވަޔަރލެސް ކީބޯޑް (ފުރަތަމަ 300 ކަސްޓަމަރުންނަށް) ލިބިގެންދާ ލިމިޓަޑް އޮފާރ ޕްރޮމޯޝަންއެއް ދިރާގުން ވަނީ ތަޢާރަފްކޮށްފައެވެ. ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަން އާއި ބެހޭ އިތުރު މަޢުލޫމާތު ލިންކް އިން ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުޓީވީން އެކި އުމުރުތަކާއި އޯޑިއަންސްތަކަށް ގުޅޭ ތަފާތު ގިނަ ޗެނަލްތައް ފޯރުކޮށްދެއެވެ. މީގެ ތެރޭގައި އެކި ޑިޒްނީގެ ޗެނަލްތަކާއި، ސޮނީ ސްޕޯރޓްސްގެ އެކި ޗެނަލްތަކުގެ އިތުރުން ޑީސްކަވަރީއާއި ސްޓާ ޗެނަލްތައް ހިމެނެއެވެ. މީގެ އިތުރުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭ އެކި ޗެނަލްތަކާއި އިސްލާމީ ޗެންލްތައްވެސް ދިރާގުޓީވީން ލިބެއެވެ.

ދިރާގުގެ ޑިޖިޓަލް އައިޕީޓީވީގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތުގެެ ދަށުން، މުޅި ރާއްޖޭގެ 84 ޕަސަންޓު ގޭބިސީއަށް މިހާރު ދިރާގުޓީވީގެ ޚިދުމަތް ލިބޭނެއެވެ.

ދިރާގުޓީވީން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލް މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުޅާކޮށް ފުރިހަމަކޮށްދީ އިތުރު ކޮލިޓީ ކޮންޓެންޓާއި އައު އޮފާރތައް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.