ދިރާގު ޕޯސްޓްޕެއިޑް ނުވަތަ ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޚިދުމަތަށް އެޕްލައިކޮށްލައިގެން ހިލޭ ދަތުރެއް ހޯދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި ކަސްޓަމަރަކަށް އަބޫ ދާބީ، ދުބާއީ އަދި އިސްތަންބޫލަށް، ދެ މީހަކަށް ހިލޭ ދަތުރެއް ލިބުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިދަތުރުގައި ހިލޭ ދެކޮޅު ޓިކެޓު އަދި އެކޮމޮޑޭޝަންގެ އިތުރުން ދުބާއީ އަދި އިސްތަންބޫލްގެ ދެ ޓުއާއެއްވެސް މި ޕެކޭޖްގައި ހިމެނެއެވެ. އަދި މީގެ އިތުރުން 1000 ޑޮލަރުގެ ޝޮޕިން އެލަވަންސެއްވެސް ނަސީބުވެރި ފަރާތަކަށް ލިބިގެން ދާނެއެވެ.

ދިރާގުގެ މި ޕްރޮމޯޝަން ކުރިއަށް ދާނީ 30 ސެޕްޓެމްބަރ 2022 ގެ ނިޔަލަށެވެ. އަދި މި ޕްރޮމޯޝަންގެ މުއްދަތުގައި އަމިއްލަ ޕޯސްޓްޕެއިޑް ނުވަތަ ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެޕްލައިކުރާ ފަރާތްތަކުން އެއްވެސް ޑިޕޮސިޓެއް ބަހައްޓާކަށް ނުޖެހޭނެއެވެ . މީގެއިތުރުން، އަލަށް ޕޯސްޓްޕެއިޑް ޕެލޭނެއް ނަގާ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް އިތުރު ހިލޭ ޑޭޓާ އެލަވަންސްތަކާއެކު މަހު ކުލިން 20 ޕަސެންޓްއާއި ހަމައަށް ޑިސްކައުންޓުވެސް ލިބިގެންދާނެއެވެ.

މިއީ ދިރާގުން ދޭ ތަފާތު ޕޯސްޓްޕެއިޑް ޕްލޭންތަކަށް ބަދަލުކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ދިރާގު ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ގެ ތަފާތު ޕެކޭޖުތަކާއިއެކު، ކަސްޓަމަރުން ބޭނުންވާ ގޮތަށް ބޭނުންވާ އަގެއްގައި ތަފާތު ވޮއިސް އަދި ޑޭޓާ އެލަވަންސްތައް ޚިޔާރު ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ދިރާގު ގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކާއި ބެހޭ އިތުރު މަޢުލޫމާތު، https://bit.ly/3oi8MuU އަދި https://bit.ly/3RPf5U8 އިން ލިބޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.