އުރީދޫގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަސްޓަމަރުންނަށްދޭ ހާއްސަ ހަދިޔާއެއްގެ ގޮތުގައި، އެ ކުންފުނިން ރާއްޖެއަށް ތައާރަފްކޮށްފައިވާ 5ޖީ ނެޓްވޯކް، ގްރޭޓާ މާލެއަށް ފުޅާކޮށްފިއެވެ.

އުރީދޫގެ ތަސައްވުރާ އެއްގޮތުގެމަތިން، ހައި ސްޕީޑް އިންޓަނެޓް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ފެށުނީއްސުރެ ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މާލެ، ވިލިމާލެ ހުޅުމާލެ ފޭސް 1 އަދި ހުޅުލެއަށް 5ޖީގެ ހަލުވި ސްޕީޑް މިހާރު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. ހިދުމަތަށް ގެނެވުނު މި އަޕްގްރޭޑް އިއުލާނުކޮށްފައިވަނީ ރާއްޖޭގައި އެ ކުންފުނިން ޚިދުމަތްދޭން ފެށިތާ 17 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު މީރުމާގައި ބޭއްވުނު ހާއްސަ ޕްރެސް ކޮންފަރެންސެއްގައެވެ.

މިއާއެކު 5 ޖީ ސަޕޯޓްކުރާ ފޯނުތައް ގެންގުޅޭ ކަސްޓަމަރުންގެ ތެރެއިން ޕޯސްޓްޕެއިޑް 800 އިން މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށް މިހާރު 5ޖީ ލިބޭނެއެވެ.

އަދި 5ޖީގެ ހަލުވި ސްޕީޑް ތައް ތަޖުރިބާކޮށްލުމަށް 5ޖީ މޮބައިލް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ލިބޭ ހާއްސަ އޮފާތަކެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. އަދި ސުޕަރނެޓް އެއަރފައިބަރ 5ޖީ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް، މަހުގެ އެލަވަންސް ބޭނުންކުރުމަށް ފަހުވެސް 5އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑް ލިބިގެންދާނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

މި ޚިދުމަތްތައް ތައާރަފްކުރުމާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވަނީ، މި ޑިޖިޓަލް ޒަމާނުގައި، ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމަށް އުރީދޫއިން ގިނަ ޚިދުމަތްތަކެއް ތައާރަފްކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

"އަދުގެ ޑިޖިޓަލް ޒަމާނުގައި، ޓެކްނޮލޮޖީ ކުރިއަރަމުން އަންނަނަނީ ހީވެސް ނުކުރާފަދަ ހަލުވި ސްޕީޑެއްގައި، ހައިޓެކް ޙިދުމަތްތައް ބޭނުންކުރުމަށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދައް ލޭޓަންސީގައި ހަލުވު ސްޕީޑު ބޭނުންވޭ. އުރީދޫ މޯލްޑިވްސް އިން 5ޖީ ގެ ހިދުމަތް އެންމެ ފުރަތަމަ ތައާރަފްކުރީ އުރީދޫ އެއާފައިބާ މެދުވެރިކޮށެވެ. މިއަދު އަޅުގަނޑުމެން ދިވެހިންގެ ޙިދުމަތުގައި 17 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ގްރޭޓަރ މާލެއަށް އަޅުގަނޑުމެންގެ 5ޖީ ނެޓްވޯކް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް 5ޖީގެ ހަލުވި ސްޕީޑްތަކާއެކު މެދުކެނޑުމެއްނެތް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތް ކަށަވަރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް."
އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ

17 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ބޮޑެތި ޑޭޓާ އެލަވަންސާއެކު އުރީދޫ 5ޖީ ކަސްޓަމަރުންނަށް އުރީދޫއިން ތަޢާރަފްކުރި މޯބައިލް ޑާޓާ އޮފަރ ތަކުގެ ތެރޭގައި، އުރީދޫ ޕްރީޕެއިޑް، އާޗާ ޕްރީޕެއިޑް އަދި މަގޭ ޕްލޭން މެދުވެރިކޮށް، 5ޖީގެ ހަލުވި ސްޕީޑް ތައް ތަޖުރިބާކޮށްލުމަށް ޑަބަލް ޑޭޓާ ބޯނަސް އާއިއެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ 5ޖީ ޕްލޭންތަކެއް ހިމެނެއެވެ.

ކަަސްޓަމަރުންގެ ބަދަލުވަމުންދާ މުއާސަލާތީ ބޭނުންތަކަށް އެކަށޭނެ ހައްލުތަކެއް ފޯރުކޮށްދިނުމަށް، އުރީދޫ އަކީ ރާއްޖޭގެ އެންމެހާ ރަށްތަކަށް 4ޖީ+ ފޯރުކޮށްދިން ފުރަތަމަ އޮޕރޭޓަރ އެވެ. ހަމައެއާއިއެކު، އުރީދޫ އިން ވަނީ އެކުންފުނީގެ ޓްރާންސްމިޝަން ނެޓްވަރކް ފުލް އައި.ޕީ އަށް ބަދަލުކޮށް، ކަސްޓަމަރުންގެ ޑޭޓާ އެކްސްޕީރިއަންސް އިތުރަށް ރަގަޅުކޮށްދީފައެވެ.

ހަމަ އެފަދައިން އުރީދޫ މޯލްޑިވްސް އަކީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު 5ޖީ ސްޕެކްޓްރަމް ލައިސަންސް ލިބުނު ފުރަތަމަ އުރީދޫ ކުންފުނިވެސް މެ އެވެ. އުރީދޫ މޯލްޑިވްސް އިން 5ޖީ އެއަރފައިބަރ – ރާއްޖޭގެ ފުރަތަމަ 5ޖީ ބޯރޯޑްބޭންޑް ޙިދުމަތް، ތައާރަފް ކުރުންވީ ޑިޖިޓަލް މޯލްޑިވްސް އެއް ބީނާކުރުމަށް އެ ކުންފުނިން ކުރަމުންދާ ދަތުރަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެކެވެ. މިއަދު އުރީދޫ 5ޖީ ނެޓްވޯކް އިތުރަށް ފުޅާކޮށް 5ޖީ ތަޖުރިބާ ކުރުމުގެ ފުރުސަތު މިވަނީ އިތުރަށް ހުޅުވިގެންގޮސްފަވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.

ކުރިޔަށް އޮތް ތަނުގައި ވެސް، ޑިޖިޓަލް ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ގެނެސްދިނުމުގައި އުރީދޫއިން ދެމިތިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.