ވީޓީވީގައި ޓޫޑީ ކެފޭއެއް ހުޅުވަން ނިންމައިފިއެވެ.

ކެފޭއާ ގުޅޭ ގޮތުން، "ވީނިއުސް" އަށް މަޢުލޫމާތު ދެމުން، ވީޓީވީގެ ފަރާތުން ފާތިމަތު ރިފްޝާން ބުނީ، ކެފޭއިން ކޮފީ ހިމެނޭހެން އާންމު ބުއިންތަކާއި ހެދިކާގެ އިތުރުން ބިސްކޯދު ފަދަ ލުއިކާނާގެ ބާވަތްތައް ލިބޭނެ ކަމަށެވެ.

އަދި މި ކެފޭގައި ކާބޯތަކެތި ވިއްކުމުގެ ފުރުސަތު އާންމު ފަރާތްތަކަށް ވެސް ހުޅުވާލާފައިވާ ކަމަށް އޭނާ މައުލޫމާތުދިނެވެ.

ކެފޭއާ ގުޅިގެން އިތުރު މަޢުޅޫމާތު ހިއްސާކުރުމަށް ރިފްޝާން އުޒުރުވެރިވެއެވެ. އެހެން ނަމަވެސް މިކެފޭއާއި ގުޅުންހުރި އިތުރު މައުލޫމާތުތައް، ކުރިއަށްހުރި ދުވަސްތަކުގެ ތެރޭގައި ކިޔުންތެރިންނާއި ހިއްސާކުރަމުން ގެންދާނެ ކަމަށް ރިފްޝާން ބުންޏެވެ.