ސްޓެޗަރުގައި ބަލިމީހުން އުފުލޭނެ އިންތިޒާމު ކުރިޔަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ހަމަޖައްސަން މަންތާ އާއި ފްލައިމީއަށް އަންގައިފިއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަ ޝިމާޒް އަލީ ވިދާޅުވީ ކުރިޔަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ބަލިމީހުން އުފުލޭނެ އިންތިޒާމު ހަމަޖެއްސުމަށް މަންތާ އެއާ އަދި ފްލައިމީ އޮޕަރޭޓް ކުރާ ފަރާތްތަކަށް، ސިވިލް އޭވިއޭޝަނަށް މެމޯއަކުން މނިސްޓްރީން މިހާރު އަންގާފައިވާ ކަމަށެވެ.
މަންތާ އެއާލައިނުން ވަނީ އެ އެއާލައިނުން ބޭނުންކުރާ ބޯޓުތަކަކީ، ބަލި މީހުން އަރުވަން ބޭނުންކުރާ ސްޓްރެޗަރ އެރުވޭގޮތަށް ފަރުމާކޮށްފައި ހުންނަ ބޯޓުތަކެއް ނޫންކަން ފާހަގަކޮށްފައެވެ.
މިނިސްޓްރީން މިފަދަ އެންގުމެއް އަންގާފައިމިވަނީ ކުޑަހުވަދޫގައި ހާލުދެރަ ބަލި މީހަކު މާލެއަށް ނުގެނެވި ލަސްވުމާއި ގުޅިގެން ކުޑަހުވަދޫގައި މުޒާހިރާ ކުރަމުންދާ ވަގުތެއްގައެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން، ކުޑަހުވަދޫގެ ރައްޔިތުން އިހުތިޖާޖުކުރަމުން ދަނީ މަންތާ އެއާގެ މެނޭޖްމަންޓާއި ދެކޮޅަށެވެ. މިމުޒާހިރާތައް ފެށެން މެދުވެރިވީ އެރަށުގައި ހިތްހުއްޓުނު މީހަކު އެމަޖެންސީ ހާލަތުގައި މާލެ ގެންދިއުމަށް މަންޓާ އެއާލައިނުން ދެކޮޅު ހެދިކަމަށް ބުނެއެވެ.
އަދި މުޒާހިރާ ކުރި ފަރާތްތަކުން ވަނީ ފުރަތަމަ ދުވަހު، އެއާޕޯޓުގައި ތިބި މީހުންނަށް އެތަނުން ނުނިކުމެވޭނެހެން ޓިނުޖަހާ އެއާޕޯޓު ބަންދުވެސް ކޮށްފައެވެ.
އިހުތިޖާޖުގެ ބައިވެރިން ވަނީ، މަންޓާ އެއާގެ ސީއީއޯ ޚަލީލްއާ ދެކޮޅަށްވެސް އަޑުއުފުލާ އޭނާ ހައްޔަރުކުރުމަށްވެސް ބައެއް ފަރާތްތަކުންވަނީ އަޑު އުފުލާފައެވެ.