އެފްއޭ ކަޕުގެ ފުރަތަމަ ކުއާޓަރ ފައިނަލުގައި، ދިވެހި ލީގުގެ ޗެމްޕިއަން، ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރަން ޖެހިއްޖެއެވެ.

އެފްއޭ ކަޕުގެ ކުޅުން ފަށާނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. މިއީ 2017 ވަނަ އަހަރަށްފަހު އެފްއޭ ކަޕް ކުޅޭ ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ގުރުއަތު ނެގުން އިއްޔެ ބާއްވާފައިވާއިރު، މެޗުތަކުގައި ވާދަކުރާނެ ޓީމުތައް މިވަނީ ކަނޑައެޅިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި މާޒިޔާ އާއި ޔޫވީ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯޓްސް ކުލަބެވެ. އަދި ތިންވަނަ ކުއާޓަރ ފައިނަލުގައި ކްލަބް ވެލެންސިއާ އާއި ޑަ ގްރާންޑޭ ސްޕޯޓްސް ބައްދަލުކުރާއިރު ފަހު ކުއާޓަރ ފައިނަލުގައި ކުޅޭނީ ކުލަބު އީގަލްސް އާއި ދެކޮޅަށް ނުކުންނާނީ ސުޕާ ޔުނައިޓެޑް ސްޕޯޓްސް އާއި ބިސްބުރު ސްޕޯޓްސް ކުލަބެވެ. ބިސްބުރަށް އެފްއޭ ކަޕުގެ ކުއާޓަރ ޕްލޭ އޮފް ޖާގައެއް ލިބުނީ ކުރީ ސީޒަނުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. ބިސްބުރާއި ސަސްގެ ކުރިމަތިލުން އޮންނާނީ 12 ވަނަ ދުވަހުގެ ހަވީރުއެވެ. އެ ތަނުން މޮޅުވާ ޓީމަކާއި ދެކޮޅަށް އީގަލްސްއާ ކުޅޭނީ 15 ވަނަ ދުވަހުގެރެއެވެ.

ފުރަތަމަ ކުއާޓާ ފައިނަލްގައި މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ކުރިމަތިލާއިރު، މި ދެ ޓީމު ވަނީ 2016 ވަނަ އަހަރުގެ ކުއާޓާގައި ވާދަކޮށްފަ އެވެ. އެ އަހަރު ވެސް މާޒިޔާ އެފްއޭ ކަޕަށް ކުރިމަތިލީ ލީގު ޗެމްޕިއަންކަން ގޮތުގަ އެވެ. އެކަމަކު، ވަރުގަދަ ސްކޮޑަކާ އެކު އޮތް މާޒިޔާ ޕެނަލްޓީ ޖަހައިގެން ބަލިކޮށް، ސެމީ ފައިނަލްގެ ޖާގަ ހޯދީ ޔުނައިޓެޑް ވިކްޓަރީ އެވެ.

އެހެންކަމުން، 2012 އަދި 2014 ވަނަ އަހަރު އެފްއޭ ކަޕް ކާމިޔާބުކުރި މާޒިޔާ އިން ކުއާޓާގައި ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހައެއް ނުކުރާނެއެވެ. މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ދިވެހި ލީގުގައި އެންމެ ފަހުން ކުޅުނު މެޗު މާޒިޔާ ކާމިޔާބުކުރީ 4-0 އިންނެވެ. މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ މި ފަހަރުގެ އެފްއޭ ކަޕްގައި ކުޅޭ މެޗު އޮންނާނީ މިމަހު 12 ވަަނަ ދުވަހުގެރޭރެއެވެ.

އެފްއޭ ކަޕްގައި ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަން އިން ޖުމްލަ ތިން ކްލަބު ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، ބައިވެރިވީ މިހާރު ކުރިއަށްދާ ދެ ވަނަ ޑިވިޝަން މުބާރާތުގައި ވާދަކުރާ ބިސް ބުރެވެ.

އެފްއޭ ކަޕް 2017 ވަނަ އަހަރު އެންމެ ފަހުން ބޭއްވިއިރު، އެ ފަހަރުގެ މުބާރާތް ކާމިޔާބުކުރީ އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ކްލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.