ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމުތައް ހިމެނޭ ޖަމާއަތް، އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީސް އަދި އޯޕެކްގައި ނުހިމެނޭ، ތެޔޮ އުފައްދާ ގައުމުތައް ހިމެނޭ ގްރޫޕް، އޯޕެކް ޕްލަސްއިން ނިންމައިފިއެވެ.
އޯޕެކް ޕްލަސްގައި ހިމެނޭ ގައުމުތަކުން މިގޮތަށް ނިންމާފައިވަނީ، އިއްޔެ އޮންލައިންކޮށް ބޭއްވި 43 ވަނަ ޖޮއިންޓް މިނިސްޓީރިއަލް މޮނިޓަރިން ކޮމިޓީއާއި، 31 ވަނަ މިނިސްޓްރީއަލް މީޓިންގައި، އޯޕޭކުން މިހާރު އުފައްދާ ތެލުގެ މިންވަރާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ.
އެގޮތުން، މިހާރު އޯޕެކް ޕްލަސްގެ ގައުމުތަކުން އުފައްދައި ބާޒާރަށް ތެޔޮ ނެރޭ ރޭޓަށާއި، މިހާރުގެ ޑިމާންޑަށް ބަލައި، މެމްބަރު ގައުމުތަކުން އިއްޔެވަނީ، އަންނަ ސެޕްޓެމްބަރު މަހު އޯޕޭކުން ބާޒާރަށް ނެރޭ ތެލުގެ މިންވަރު ދުވާލަކު އެއްލައްކަ ފީފާއަށް އިތުރުކުރުމަށް ނިންމާފައެވެ.
މިއީ، މިހާރު ދުވާލެއްގެ މައްޗަށް ބާޒާރަށް ނެރެމުންދާ މިންވަރުގެ ތަންކޮޅެއް އިތުރު އަދަދެކެވެ.
މިދިޔަ ޖުލައިމަހާއި އަދި މިހިނގާ އޮގަސްޓްމަހުވެސް އޯޕެކް ޕްލަސްގެ ގައުމުތަކުން އުފައްދައި ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ ދުވާލެއްގެ މައްޗަށް 648،000 ފީފާގެ ތެލެވެ.
އިއްޔެގެ ބައްދަލުވުމުގައި، މެމްބަރު ގައުމުތަކުގެ މިނިސްޓަރުންވަނީ، ދުނިޔޭގެ ކަންކަން މިހާރު ބަދަލުވަމުން އަނަގޮތުން ތެލުގެ ސިނާއަތަށް އެކަށީގެންވާ އިންވެސްޓްމަންޓް ނުލިބޭ ކަމުގެ މައްޗަށް ވާހަލަ ދައްކަވައި ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ.
ތެލުގެ ޑިމާންޑް ދަށަށްދާ ސަބަބުތަކުގެ މައްޗަށްވެސް އެ ބޭފުޅުން މަޝްވަރާ ކުރައްވާފައި ވެއެވެ.
އަދި މާކެޓް އިވެލުއޭޓްކުރަމުން ތެޔޮ އުފައްދާ މިންވަރު އިތުރު ކުރަމުން ގެންދާނީ ސަޕްލައި އާއި ޑިމާންޑަށް ބަލައިގެން މަޑުމަޑުން ކަމަށްވެސް އޯޕެކް ޕްލަސްއިން ނިންމާފައި ވެއެވެ.
ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ %40 ހިއްސާކުރަނީ އޯޕްކް ޕްލަސް ގްރޫޕުންނެވެ. އޯޕެކުން ބޭރުން މި ގްރޫޕްގައި ރަޝިޔާވެސް ހިމެނެއެވެ.