ގްރޫޕް ހަދައިގެން އެއް ޖިންސުން ގުޅުން ހިންގިކަމަށް ބުނާ ފިރިހެން ޓީޗަރު ސަސްޕެންޑްކޮށްފިއެވެ.

ގިނަ އަދަދެއްގެ ދިވެހީންނާ އެކު އެއް ޖިންސުން ގުޅުން ހިންގި ބަނގްލަދޭޝްގެ އެމްޑީ އަލަމްގިރްއާއެކު ދިވެހި ފިރިހެނުންތަކެއް ގްރޫޕް ހަދައިގެން އެއް ޖިންސން ގުޅުން ހިންގާ ވީޑިއޯއެއް ރޭ ވަނީ ލީކުކޮށްލާފައެވެ.

މި ވީޑިއޯ އާންމުވުމާއެކު އެ ވީޑީއޯއިން ފެންނަނީ ގާޒީ ސްކޫލްގެ ޓީޗަރެއްކަމަށް ގިނަ ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ. ގާޒީ ސްކޫލުން އެކަން ދޮގުކޮށްފައިވާއިރު، ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން އެ ވީޑިއޯއިން ފެންނަނީ އިމާދުއްދީން ސްކޫލްގެ ޓީޗަރެކެވެ.

މިކަމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، އެއް ޖިންސުން ގުޅުން ހިންގި މައްސަލައާއި ގުޅޭގޮތުން ފުލުހުން ފާހަގަކޮށްފައިވާ ފަރާތްތައް މީހާރު ސަސްޕެންޑް ކޮށްފައިވާކަމަށެވެ. އަދި ފުލުހުން މި މައްސަލަ ތަހުގީގުކުރަމުންދާކަމަށެވެ.

ގިނަ އަދަދެއްގެ ދިވެހީންނާ އެކު އެއް ޖިންސުން ގުޅުން ހިންގި އަލަމްގިރް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭނަ ހައްޔަރުކޮށްފައިވަނީ، މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.

އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި 4 ދިވެހިންވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އެއީ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ޤާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް (ޑިއީޑީ) ގައި ކުރިން މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު އާއި، ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަލީ ނަސީރުއެވެ.