ގުރޫޕް ހަދައިގެން ބަދުއަޚްލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ހޯމް މިނިސްޓްރީގެ މުވައްޒަފު މިއަދު ސަސްޕެންޑް ކޮށްފިއެވެ.
ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވަނީ މިކަން ވީނިއުސްއަށް ކަށަވަރުކޮށްދީފައެވެ.
ހޯމް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގައި އިދާރީ މަސައްކަތް ކުރާ މުވައްޒަފަކު މިއަދުގެ ވަގުތެއްގައި ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
ބަދުއަޚްލާގީ އަމަލު ހިންގައިގެން ހޯމް މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑްކޮށްފަވާއިރު އަލަމްގިރި ނަމަކަށް ކިޔާ މީހަކާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުވާ ޓީޗަރަކުވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސަސްޕެންޑް ކޮށްފައެވެ.
އެމްޑީ އަލަމްގީރާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެމަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަހުގީގަށް އޭނާއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.
ރަށްރަށުގަ ތިކަހަލަ ބައިވަރު ގިރި އެބަތިބި ފާޅުގަ ލިވާތު ކުރާކަން އެނގޭ ހުރިހާމީހުންވެސް ހިތްޔަރު ކުރަން ގޮވާލަން އޭގެތެރޭގަ ހިމެނޭ މުދިމުންނާ ޓީޗަރުންވެސް ކުރީގަ ހެއްކާއެކީ ހިފި ބައިވަރުމީހުން ތިބީ ސިޔާޞީ ނުފޫޒުން ނިކުމެފަ