އުރީދޫ ނޭޝަން އިން މުޅިއަކު 15000 ރުފިޔާގެ އިނާމުތަކާއެކު އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ގެ ކޮންޓެންޑަރ ސީރީޒް 1 ގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 1އަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕާ ހަމައަށް ކުރިއަށްދާ މި ސިލްސިލާގެ ފުރަތަމަ ޕަބްޖީ ކޮލިފައިން މުބާރާތެވެ.

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ގޭމަރުން، އެފަރާތެއްގެ ޓީމްތައް ރަޖިސްޓްރީކޮށް، ކުރިއަށް އޮތް ކޮލިފައިން މުބާރާތްތަކުގައި ވާދަކޮށް، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ އޮފިޝަލް ކޮލިފައިން ޓޯނަމަންޓަށްގައި ވާދަކުރަންޖެހެއެވެ.

މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 150 ރުފިޔާގެ އިތުރުން ޓީމް މެމްބަރުންގެ މައުލޫމާތާއި ޓީމް ލޯގޯ 15 އޯގަސްޓް 2022ގެ ކުރިން ހުށަހަޅަންޖެހެއެވެ.

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ގެ ކޮންޓެންޑަރ ސީރީޒް 1ގެ ޗެމްޕިއަން ޓީމުތަކަށް ކަނޑައެޅިފައިވާ 15،000 ރުފިޔާގެ އިނާމު ހަމަޖެހިފައި ވަނީ މި ދަންނަވާ ގޮތަށެވެ.

  • ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ
  • 2 ވަނަ އަށް ހޮވޭ ޓީމަށް 3،000 ރުފިޔާ
  • 3 ވަނަ އަށް ހޮވޭ ޓީމަށް 2،000 ރުފިޔާ

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 1ގައި ރަޖިސްޓަރ ވުމަށް ore.do/o9cbb މި ޕޯޓަލް ބޭނުންކުރުމަށް އުރީދޫން އެދެއެވެ.

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒްގައި ވާދަކޮށް އެންމެ މޮޅު 3 ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. މި މުބާާރާތް ބާއްވަން ހަމަޖެހިފާވަނީ މި އަހަރު ސެޕްޓެމްބަރު މަހުއެވެ.

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 3ގައި ވާދަކޮށް އެންމެ މޮޅު 3 ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. މި މުބާާރާތް ބާއްވަން ހަމަޖެހިފާވަނީ މި އަހަރު އޮކްޓޯބަރު މަހުއެވެ.

އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕް އޮފިޝަލް ކޮލިފައިން އިވެންޓްގައި ވާދަކޮށް އެންމެ މޮޅު 7 ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. މި މުބާާރާތް ބާއްވަން ހަމަޖެހިފާވަނީ މި އަހަރު ނޮވެމްބަރު މަހުއެވެ.

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި 100،000 ރުފިޔާގެ ޕްރައިޒް ޕޫލަށް 16 ޓީމުން ވާދަކުރާނެއެވެ. މި މުބާާރާތް ބާއްވަން ހަމަޖެހިފާވަނީ މި އަހަރު ޑިސެމްބަރު މަހުއެވެ.

އުރީދޫ ނޭޝަން އިން ވަނީ ރާއްޖޭގެ އެންމެ ބޮޑު ޕްރައިޒް ޕޫލާއެކު ހުޅުވާލި "އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް"ގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ގޭމަރުންނަށް މަރުހަބާ ކިޔާފައެވެ.