ވިލާ ގޭސް "ހިޔާ ލަކީ ޑްރޯ"ގެ ފުރަތަމަ 16 ނަސީބުވެރިންނަށް ފައިސާ ހަވާލުކޮށްފިއެވެ.

ވިލާ ކުންފުނީގެ ވިލާ ހަކަތަ އިން "ވިލާ ގޭސް ހިޔާ ފްލެޓް ލަކީ ޑްރޯ" ގެ ނަމުގައި މިދިޔަ އަހަރު ފެށި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިންނަށް ފައިސާގެ އިނާމު ހަވާލު ކުރުން އޮތީ އިއްޔެ ހަވީރުއެވެ.

"ވިލާ ގޭސް ހިޔާ ފްލެޓް ލަކީ ޑްރޯ" އަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން މަދުވެގެން ހަ މަސް ދުވަސް ވަންދެން ވިލާ ގޭސް އޯޑަރުކޮށް ފައިސާ ދައްކާ މީހުންގެ މެދުގައި ކުރިއަށްގެންދިޔަ ހާއްސަ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަންގެ ފުރަތަމަ ހަ މަސް ދުވަހުގެ ނަސީބުވެރިން ވަނީ ޖުލައި ހަ ވަނަ ދުވަހު ހޮވާފައެވެ. އެއީ ހިޔާ ފްލެޓްގެ ކޮންމެ ޓަވަރަކުން މީހެކެވެ. އެއިން ކޮންމެ މީހަކަށް 6،000 ރުފިޔާ ދީފައިވެއެވެ. އެއީ ހިޔާ ފެލްޓްތަކުގެ ހަ މަސް ދުވަހުގެ މެއިންޓެނެންސް ފީއަށް ވާ އަގެވެ.

އެ މީހުންނާ ފައިސާގެ އިނާމު ހަވާލު ކުރުން އޮތީ ހުކުރު ދުވަހުގެ ހަވީރު ހިޔާ ފްލެޓްގެ 14 ވަނަ ޓަވަރު ކައިރީގައެވެ. މި ހާއްސަ އިވެންޓް ހަވީރު 04:30 އިން 05:30 އަށް ކުރިއަށް ދިޔައެވެ.

މި ޕްރޮމޯޝަން މިހާރުވެސް ދަނީ ކުރިއަށްކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ގޭސް ފުޅީގެ އަގު މުޅިން ހިލޭ ކުރެވޭ ގޮތްވެސް ހަދާފައި ވެއެވެ. އެގޮތުން ރެޖިސްޓަރ ކުރުމަށް 3336633 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

https://fb.watch/eMIF1JFJQX/

ވިލާ ހަކަތައިގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމެވެ.

ވިލާ ގޭސް ވިއްކަނީ ވިލާ ޓްރޭޑިންގެ ބްރާންޗެއް ކަމަށް ވާ ވިލާ ހަކަތައިންނެވެ. ވިލާ ހަކަތަ އަކީ ރާއްޖޭގައި ހަކަތަ (އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން ގެއޮއިލް)، ސިމެންތި އަދި ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ވިޔަފާރި ކުރާ ބޮޑު ވިޔަފާރިއެކެވެ.

ވިލާ ހަކަތަ އަކީ 2003 ވަނަ އަހަރު އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން ގޭސް އޮއިލް (އެމްޖީއޯ) އަދި ސިމެންތި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުންޏެވެ.