މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީން އިސްލާހުކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖްތަމަޢަށް ނެރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ރިހެބިލިޓޭޝަން ފްރޭމްވަރކް ފޭސް 1 ގެ އަންހެން ޤައިދީންގެ 6 ވަނަ ބެޗް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

އެގޮތުން ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1ގެ މި ބެޗްގައި އަންހެން ޤައިދީން ތެރެއިން 12 ޤައިދީން ވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ރިހެބިލިޓޭޝަން ފްރޭމްވަރކް ތަޢާރަފްކުރުމުގެ މަޤްޞަދަކީ ޤައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމަޢުއަށް ނުކުންނައިރު އެފަރާތްތަކަށް އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުންކަމަށް އެ ސާވިސްއިން ބުނެއެވެ.

ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 ނުވަތަ ޑިސިޕްލިން ބައި ފުރިހަމަކުރާ ޤައިދީން ދެން ބައިވެރިކުރެވިގެންދާނީ ފޭސް 2، ސައިކޮލޮޖީ ޕްރޮގްރާމްތަކުގައެވެ. އަދި ފޭސް 3 އާއި 4 އަކީ އެޑިއުކޭޝަން އަދި ވޮކޭޝަން ދަސްކޮށްދޭ ފޭސްއާއި ޕްރިޒަން ކޮމިއުނިޓީ ސަރވިސް އެވެ.