މެޕްސް ކޮލެޖުން އޯލެވެލް ނިންމާ ދަރިވަރުންނަށް ހާއްސަ ކެރިއަރ ގައިޑެންސް ސެޝަންތަކެއް ކުރިއަށްގެންދަން ތައްޔާރުވެއްޖެއެވެ.

އޯލެވެލް އިމްތިޙާނު ނިންމާލުމަށްފަހު މަތީ ތަޢުލީމު ފެށުމަށް ތައްޔާރުވުމުގައި ޚިޔާރުކުރަންވީ ކޮން ދާއިރާއެއްތޯ ވިސްނަނީ އަޅުގަޑުމެންގެތެރެއިން ކިތައް ކުދިންތޯއެވެ؟ މިކަމާ ގުޅޭގޮތުން މަޢުލޫމާތު އެނގެނީ ކިހާވަރަކަށްތޯއެވެ؟ ދަރިވަރުންގެ ކުރިމަގު ބައްޓަންކުރުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މެޕްސް ކޮލެޖުން ކެރިއަރ ގައިޑެންސް ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ތައްޔާރުވެފައެވެ.

އޯލެވެލް ނިންމާ ދަރިވަރުން އެދަރިވަރަކު ކުރިޔަށްދާން ބޭނުންވާ ދާއިރާ ޚިޔާރުކުރުމުގައި ވިސްނުން ބަހައްޓަންވީ ކަންތައްތަކާއި އޭގެ ސަބަބުން ދަރިވަރުންގެ މުސްތަޤްބަލަށް ލިބިގެންދާނެ ކުރިއެރުންފަދަ މަޢުލޫމާތުތައް ކެރިއަރ ގައިޑެންސް ސެޝަންގައި ދަރިވަރުންނާއި ޙިއްސާކުރެވޭނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.

މި ސެޝަންތައް ހިންގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދަރިވަރަކާއިއެކު ވަކިވަކިންނެވެ. ދަރިވަރު މަތީތަޢުލީމު ހާސިލް ކުރަން ބޭނުންވަނީ ކޮންދާއިރާއެއްތޯ ބެލުމަށް ފަހު މެޕްސް ކޮލެޖުގެ ތަޖުރިބާކާރު ލެކްޗަރާއިން ދަރިވަރުންނަށް އެކަމާބެހޭ ޚާއްސަ މަޢުލޫމާތުތަށް ހިއްސާ ކުރާނެއެވެ. މި ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މެޕްސް ކޮލެޖްގެ ވެބްސައިޓް https://www.maps.edu.mv/maps-career-guidance-program-for-olevel-students މެދުވެރިކޮށް ރެޖިސްޓަރ ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ.