ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުالله ޝާހިދު އެކުލަވައިލައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގަ ދިވެހިރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ ޤާނޫނު (20/2021)ގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދު ވަނީ އެކުލަވައިލައްވާފައެވެ.

ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ، އެޑްވައިޒަރީ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް، ފޮރިން ސެކްރެޓަރީ އަޙްމަދު ލަޠީފް، އެޑްވައިޒަރީ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް، ހ.ކަރަންކާގޭ، ށ.މާއުގޫދޫ، އަޙްމަދު ލަޠީފެވެ.

ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް)ގެ ހެޑްގެ މަގާމަށް ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީބުހާ އަދި ފޮރިން ސާވިސް ޖެނެރަލް ސްޓާފްގެ ޑެސްކް އޮފިސަރު އައިމިނަތު ސަމްރާއެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް 14 ނޮވެންބަރު 2021 ގައި ތަސްދީގުކުރައްވައި، 14 މެއި 2022 ގައި ވަނީ އަމަލުކުރަން ފަށާފައެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ފޮރިން ސަރވިސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދައި، އެ އިދާރާގެ އޯގަނައިޒޭޝަނަލް ސްޓްރަކްޗަރއާއި، މެނޭޖްމަންޓް ޕޮލިސީއާއި، ޑިޕްލޮމެޓިކް ކެޑޭޓާ ގުޅޭ ކަންކަން ވަނީ ކަނޑައަޅާފައެވެ.

އަދި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގައި ބެލެހެއްޓުމާއި، އެ ސިޔާސަތު ހިންގައި ބެލެހެއްޓުމުގެ އެންމެ މަތީ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި އެ ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

އަލަށް އެކުލަވާލެވުނު ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑަކީ، ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި، ފޮރިން ސަރވިސްގެ ގަވާއިދުތަކާއި، އޯގަނައިޒޭޝަން ސްޓްރަކްޗަރއާއި، އަދި މިނޫންވެސް ރާއްޖޭގެ ޚާރިޖީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ޝައުޤުވެރިވާ އެހެނިހެން ކަންކަމާ ގުޅޭގޮތުން ފޮރިން މިނިސްޓަރަށް ލަފާއެރުވުމަށް އެކުލަވައިލެއްވި ބޯޑެކެވެ.

ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑުގެ ފުރަތަމަ ބައްދަލުވުން ބާއްވާފަވާއިރު ޗެއާޕާސަންގެ ހައިސިއްޔަތުން އެޑްވައިޒަރީ ބޯޑު ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފެވެ.