ކޮންމެ ބެލެނިވެރިއަކުވެސް، އެ ބެލެނިވެރިިއެއްގެ ދަރިފުޅު ސްކޫލާ ހަމަޔަށް ދޫކޮށްލަންވާނީ، އެ ދަރިފުޅުގެ މުސްތަގްބަލް ކަޅާއި ހުދުން ކުރެހުމަށް ފަހުގައިކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރު މިހެން ވިދާޅުވީ، އިމާދުއްދީން ސްކޫލުގައި ޤާއިމްކުރި "ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި" އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ޑރ. ޢާއިޝަތު އަލީ ވިދާޅުވީ، ފަންނުވެށި ޕްރޮގްރާމުން ދަރިވަރުންނަށް ދިރިއުޅުމަށް ބޭނުންވާ ތަފާތު ފަންނުތަކުގެ ހުނަރުތައް ދަސްކޮށްދޭނެކަަމަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ގްރޭޑް 10 ފުރިހަމަކުރާއިރު، ފަންނުވެށި މެދުވެރިކޮށް އެކުއްޖަކު ބޭނުންވާ ދާއިރާއަކުން ލެވެލް 3 ގެ ސެޓްފިކެެޓެއް ހާސިލްކުރަން ފުރުސަތު ލިބޭނެކަމަށެވެ.

ހާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް، ސާނަވީ މަރުހަލާ ފެށިގެންދާއިރު، ފަންނުވެށީގައި ހިމެނޭ ނަލަވަތި، ފަހާވަތި، ކައްކާވަތި އަދި ޓެކްވަތި ހިމެނޭގޮތަށް ބޭނުން ޕްރޮގްރާމެއް އިހްތިޔާރުކުރުމުގެ ފުރުސަތު ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން މި ދަރިވަރުން ސްކޫލް ނިންމާއިރު، ދިރިއުޅުމަށް ބޭނުންވާނެ ހުނަރާއި، ވަޒީފާގެ ފަހި ފުރުސަތު ތަނަވަސްވެގެންދާނެކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ އދގެ ގްލޯބަލް ތައުލީމީ ލަނޑުދަނޑީގެ ތެރެއިން ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ގޯލް 4ގައި ހިމެނޭ ކަންކަން ފަންނުވެށީގެ ތެރޭގައި ހިމަނައިގެން އެކަންކަން ހާސިލްކުރެވޭނެ މަގު ފަހިކުރުންކަމަށެެވެ. އަދި މިހުނަރުތައް އިތުރަށް ތަރައްގީ ކުރުމަށްޓަކައި، އިތުރު ޕްރޮގްރާމުތައް ފަރުމާކޮށް ތައާރަފްކުރުންކަމަށެވެ.

އަޅުގަނޑުމެންނަށް މިއަދު ލިބޭ އުފަލަކީ ސަސްޓެއިނަބަލް ޑޮވެލޮޕްމަންޓް ޑޮވެލޮޕްމަންޓް ގޯލް 4ގައި ހިމެނޭ ލަނޑުދަނޑިތައް ދިވެހިރާއްޖޭގައި ފުރިހަމައަށް ހާސިލު ކުރެވެމުން އަންނަކަމުގެ އިހުސާސްކުރެވުން
މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ކޮންމެ ބެލެނިވެރިއަކުވެސް އެ ބެލެނިވެރިއެއްގެ ދަރިފުޅު ސްކޫލާ ހަމައަށް ދޫކޮށްލަންވާނީ، އެ ދަރިފުޅުގެ މުސްތަގްބަލް ކަޅާއި ހުދުން ކުރެހުމަށްފަހުގައިކަމަށެވެ. އެ ކުރެހުމުގައި ކުލަ ޖައްސުވައިދޭނީ ސްކޫލްގެ ހަތަރު ފާރުގެ ތެރެއިންކަަމަށެވެ. އެދަރުފުޅުގެ ކުރިމަގު ބިނާކޮށް ދަރިފުޅުގެ ކިބައިގައި ހުރި ކުޅަދާނަކަން ފާހަގަކޮށް އެ ކުޅަދާނަކަމާއި، ހުނަރުވެރިކަން ނެެރެދެނީ ސްކޫލްތަކުގެ މުދައްރިއްދުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އަލަށް އިފްތިތާހުކުރި ފަންނުވެށިން، މިދަފަ އެތައް ހުނަރަކާއި، ދިރިއުޅުމަށް ބޭނުންވާ އެތައް ފަންނުވެރި މަސައްކަތްތަކެއް ދަރިވަރުންނަށް ދަސްކޮށްދެވޭނެކަމަށެެވެ.

ފަންނުވެށީގައި ދަރިވަރުންނަށް މައިގަނޑު ހަތަރު ޕްރޮގްރާމެއް ހިންގުމަށް ރާވާފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ، ކެއްކުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ކައްކާވަތި، ބިއުޓީ ތެރަޕީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ނަލަވަތި، ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ޓެކްވަތި، އަދި ފެހުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ފަހާވަތި ޕްރޮގްރާމެވެ.

ފަންނުވެށިން ދަސްވެނިވާ ދަރިވަރުންނަކީ، ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ސެޓްފިކެޓް ލެވަލް 3ގެ ސަނަދާއިއެކު ދަސްވެނިވާނެ ދަރިވަރުންނަށް ވާނެއެވެ.