ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިޔަށް ގެންދިޔަ "ހިތާނީ ކޭމްޕް 2022" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޓްރީ ޓޯޕް ހޮސްޕިޓަލުން ބުނީ، މި ކޭންޕްގެ ދަށުން 400އަށް ވުރެ ގިނަ ބޭފުޅުންނަށް ވަނީ ހިދުމަތް ފޯރުކޮށްދީފަ ކަމަށެވެ.
މި ކޭމްޕްގެ މައިގަނޑު މަގްސަދަކީ ވަޑައިގަންނަވާ ޕޭޝަންޓުންނަށް އެންމެ ފުރަތަމަ ކޮންސަލްޓޭޝަން އިން ފެށިގެން ފޮލޯ-އަޕް އާއި ހަމައަށް އެންމެ ފުރިހަމަ އަދި ފަސޭހަކަމާއިއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށްކަމަށް ވެސް ހޮސްޕިޓަލުން ބުނެއެވެ.
އެ ހޮސްޕިޓަލުން ބުނީ މިއަހަރުގެ ހިތާނީ ކޭމްޕް އިތުރަށް ފުޅާކޮށް 8 ޑޮކްޓަރުން މިއަހަރު ހަރަކާތް ތެރިވެފައިވާ ކަމަށެވެ. އެގޮތުން، މިއަހަރު ހަރަކާތްތެރިވާ ޑޮކްޓަރުންގެ ތެރޭގައި އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން، ޑރ. އަބްދުﷲ އުބައިދު، ޑރ. އައިޝަތު އަޒްނާ، ޑރ. އިބްރާހިމް މޫމިން، ޑރ. މައުމޫން އާސިމް، ޑރ. ރިޝީ ކާންތް އާރިޔަލް، ޑރ. މުހައްމަދު ޝަރީފް އަދި ކުޑަކަމުދާ ނިޒާމުގެ ހާއްސަ، ޑރ. މެހްމެތު އޯޑަރ އަދި ޑރ. އަބްދުﷲ އަދުސަރު ހިމެނިވަޑައިގަންނަވާ ކަމަށް ޓްރީ ޓޮޕުން ބުނެއެވެ.
މި ހިތާނީ ޕެކޭޖްގެ ތެރޭގައި އޮޕަރޭޝަންނަށް ހާއްސަ ޑޮކްޓަރ އަދި ހޭނައްތާ ޑޮކްޓަރ ގެ ކޮންސަލްޓޭޝަންގެ އިތުރުން، ލެބް އިންވެސްޓިގޭޝަންސް، ސަރޖަރީއަށްފަހު ދެވޭ ބޭސް، ޑޭކެއަރ ޔުނިޓް ހިދުމަތް އަދި ފޮލޯ އަޕް ކޮންސަލްޓޭޝަން ހިމެނެއެވެ. އަދި ރޫމް އަޕްގްރޭޑް ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ އަގުތަކެއްވެސް މި ޕެކޭޖްގައި ހިމެނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އައު ހިދުމަތްތައް ތައާރަފުކުރަމުންނެވެ.